21 ޖޫން 2020 - 07:54

މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން އިންޑިއާގައި ހިންގާ ހަރަކާތްތައް ޕްރޮމޯޓްކުރަން ބަތަލާ އަނުޝްކާ ޝަރުމާ އަށް ފުރުސަތު ދީފި އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އާޔޫޝް އިން ކުރި ޓްވީޓެއްގައި އަނުޝްކާގެ ވީޑިއޯއަކާ އެކު މިކަން ހާމަކޮށްފައިވެ އެވެ. ވޯލްޑް ޔޯގާ ޑޭ އަކީ މިއަދެވެ. އިންޓަނޭޝަނަލް ޔޯޔާ ޑޭ ކޮންމެ އަހަރަކު ފާހަގަކުރަނީ ޖޫން މަހުގެ 21 ގަ އެވެ. އިންޑިއާގައި މި ދުވަސް މި ފަހަރު ފާހަގަކުރަނީ #މައިލައިފްމައިޔޯގާ ޝިއާރުގެ ދަށުންނެވެ.
އިންޓަނޭޝަނަލް ޔޯޔާ ޑޭ ފާހަގަކުރަމުން އަންނަނީ 2014 އިން ފެށިގެންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ އަމިއްލަ އަށް ވެސް ޔޯގާ ހައްދަވައި އަދި ޔޯގާ ވަރަށް ބޮޑަށް ޕްރޮމޯޓްކުރައްވާ ބޭފުޅެކެވެ.
ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން އަނުޝްކާ ބުނި ގޮތުގައި ޔޯގާ އަކީ އިންސާނުންގެ ޖިސްމަށާއި ރޫހާނީއްޔަތަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސް އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ކަމެކެވެ.
"އަހަރެން ވަރަށް އުފާކުރަން މިނިސްޓްރީއާ ގުޅިގެން ޔޯގާ ޕްރޮމޯޓްކުރަން ފުރުސަތު ލިބުނީމަ." ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.
އިންޑިއާގެ ވަރަށް ފިނަ ފިލްމީ ތަރިންނަކީ ދުޅަހެޔޮ ސިއްހަތަކަށް ޔޯގާ ހަދާ ބައެކެވެ. ހާއްސަކޮށް ބަތަލާއިންނެވެ.