19 ޖޫން 2020 - 23:23

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 13 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އިއްޔެގެ އިރުއޮއްސި 6 އިން ފެށިގެން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވީ ތިން ދިވެއްސަކާއި ބަންގްލަދޭޝްގެ 10 މީހަކު ކަމަށެވެ. އަދި 24 ގަޑިއިރު ތެރޭގައި އެ ބަލިން 10 މީހަކު ރަނގަޅު ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެހެންވެ، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2،150 އަށް މިހާރު ވަނީ އަރައިފަ އެވެ. އަދި އެ ބަލިން ރަނގަޅުވި މީހުން 1،769 އަށް އަރައި، ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 371 އަށް ވަނީ ދަށްވެފަ އެވެ.
ކަރަންޓީންގައި މިހާރު 156 މީހަކު ތިބިއިރު، އައިސޮލޭޝަންގައި 302 މީހަކު އެބަތިއްބެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް މަރުވީ އަށް މީހެކެވެ.