ކޮލިޓީ ރަނގަޅު ފްލޯރިން ގަންނަން އެސެންޝިއާ އަށް
ކޮލިޓީ ރަނގަޅު ފްލޯރިން ގަންނަން އެސެންޝިއާ އަށް

ކޮލިޓީ ރަނގަޅު ފްލޯރިން އެސެންޝިއާ ފިހާރައިން ލިބެން ހުންނާނެ ކަމަށާއި އެތަނުން ވިއްކާ "ކުއިކް ސްޓެޕް" ބްރޭންޑްގެ ފްލޯރިން އަކީ ޒަމާނީ އަދި މަތީ ފަންތީގެ ބޭނުންތަކަށް ހާއްސަ އުފެއްދުމެއް ކަމަށް އެތަނުން ބުނެފި އެވެ.

ކޮލިޓީ ރަނގަޅު ފްލޯރިން ގަންނަން އެސެންޝިއާ އަށް
ކޮލިޓީ ރަނގަޅު ފްލޯރިން ގަންނަން އެސެންޝިއާ އަށް

އެ ފިހާރައިން ބުނީ 25 އަހަރުގެ ތަޖުރިބާއާ އެކު އުފައްދާ ބެލްޖިއަމްގެ ކުއިކް ސްޓެޕް ބްރޭންޑްގެ ފްލޯރިން އާންމު ގެތަކުގެ އިތުރުން ލަގްޒަރީ އިމާރާތްތަކުގައި ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

އެކި ރޭންޖްތައް ހިމެނޭ މި ބްރޭންޑްގެ ފްލޯއިން މިހާރު ވެސް ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުތަކުގައި އަންނަނީ ބޭނުން ކުރަމުންނެވެ. މިއީ އިންސްޓްރޯލް ކުރުމާއި ސާފުކޮށް ބެހެއްޓުމަށް ވެސް ފަސޭހަ ފްލޯރިން އެކެވެ.

އެ ފިހާރައިން ފްލޯރިން އިންސްޓޯލް ކުރުމުގެ ހިދުމަތް ވެސް ދެ އެވެ. މީގެ އިތުރުން ރަށްރަށަށް ގޮސް ވެސް އެ ހިދުމަތްތައް ދެމުން އަންނަ ކަމަށް އެ ފިހާރައިން ބުންޏެވެ. މިގޮތަށް ކުރާ ދަތުރަށް ދާ ހުރިހާ ހަރަދުތައް ބަލަހައްޓަން ޖެހޭނީ ފްލޯރިން ގަންނަ ފަރާތުންނެވެ. މި ހިދުމަތް ބޭނުން ނަމަ އަދި އިތުރު މައުލޫމާތު ބޭނުން ނަމަ 7996116 އިން ލިބޭނެ އެވެ.

މި ބްރޭންޑްގެ 15 ވަރަކަށް ޑިޒައިން އެފިހާރައިން މިހާރު ވެސް ލިބޭ އިރު އިތުރު ޑިޒައިންތައް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. އެގޮތުން މިވަގުތު ފިހާރައިގައި ނެތް އެ ބްރޭންޑްގެ އެހެން ޑިޒައިންތަކަށް ރިކުއެސްޓް ކޮށްފި ނަމަ ގެނައުމުގެ އިންތިޒާމުތައް އެސެންޝިއާ އިން ހަމަޖައްސައިދޭނެ އެވެ.

ގިނައިން ފެން ބޭނުންކުރާ، ބަދިގެ ނުވަތަ ފާޚާނާގެ ޑްރައި އޭރިއާ ފަދަ ތަންތަނަށް ހާއްސަ ފްލޯރިން އާއި ރިސޯޓުތަކާއި ހުޅުމާލޭގައި ހަދާ ބޮޑެތި އިމާރާތްތަކަށް ބޭނުންވާ ފްލޯރިން ވެސް އެތަނުން ފޯރުކޮށްދެ އެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އާންމުންގެ ބޮޑު މަގްބޫލުކަމެއް އެފިހާރައިން ވިއްކާ ފްލޯރިން އަށް ވަނީ ލިބިފަ އެވެ.