ފިލިތެޔޮ ކަރަންޓީން ފެސިލިޓީގައި ހުރި މީހަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ފިލިތެޔޮ ކަރަންޓީން ފެސިލިޓީގައި ހުރި މީހަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

ފިލިތެޔޮ ރިސޯޓު ކަރަންޓީން ފެސިލިޓީގައި ހުރި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ސްރީ ލަންކާ އިން ފަހުން އައި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 19 އަހަރުގެ ޒުވާނަކަށް، ފިލިތެޔޮ ފެސިލިޓީގެ އިންޗާޖު ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވެސް ކަށަވަރު ކޮށްދިނެވެ.

ކަރަންޓީން ފެސިލިޓީތަކުގެ އިންޗާޖުންގެ ގޮތުގައި ތިބެނީ ސިފައިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކަރަންޓީނަށް ފާފު އަތޮޅުން ޚާއްސަ ކޮށްފައިވާ ހަމައެކަނި ރިސޯޓުގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ހަވީރު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ބޭރުން އަންނަ މީހުން އަންނަނީ ކަރަންޓީނު ކުރަމުންނެވެ. އެގޮތަށް މިހާރު ވެސް އެކި ފެސިލިޓީތަކުގައި 300 އަށްވު ރެ ގިނަ މީހުން އެބަތިއްބެވެ.

ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 2،100 އިން މަތީގަ އެވެ. އޭގެ ތެރެއިން 1،600 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.