ފެން ބިލުގެ ދަރަނި ފިލުވުމުގެ ފުރުސަތު އެއް އަހަރަށް އިތުރު ކޮށްފި
ފެން ބިލުގެ ދަރަނި ފިލުވުމުގެ ފުރުސަތު އެއް އަހަރަށް އިތުރު ކޮށްފި

ފެން ބިލް ނުދެއްކި ގިނަ ދުވަސްވެފައިވާ މީހުންނަށް ދަރަނި ފިލުވުމުގެ ފުރުސަތު ދިނުމަށް އެމްޑަބްލިއުއެސްސީން ހުޅުވި ފުރުސަތު އަންނަ އަހަރުގެ މާޗު 17 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

“ދަރަންޏަށް ލުޔެއް”ގެ ނަމުގައި އެ ކުންފުނިން ކުރިއަށްގެންދާ މި ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ގިނަ ބައެއްގެ ދަރަނި ފިލުވާފައިވާއިރު މުއްދަތު އިތުރުކުރީ ކޮވިޑް-19އާ ގުޅިގެން އެ ފުރުސަތުގެ ބޭނުން ނުހިފުނު ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މި ޕްރޮފްރާމުގެ ދަށުން ދަރަނި ފިލުވަން ބޭނުންވާ މީހުންނަށް ބިލަށް އަރާ ފައިސާގެ ވަކި ޕަސެންޓެއް މާފު ކޮށްދޭނެ އެވެ. އަދި އެއްފަހަރާ ފައިސާ ދައްކަން ދަތި ކަސްޓަމަރުންނަށް މަހުން މަހަށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފައި ދަރަނި ފިލުވުމަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން އެމްޑަބްލިއުއެސްސީން އެދެ އެވެ.

މީގެ އިތުރުން އެއްފަހަރާ ފައިސާ ދައްކާ ނަމަ އިންޓްރެސްޓުގެ ގޮތުގައި ނަގާ ބައި އެއްކޮށް މާފު ވެސް ކޮށްދޭނެ އެވެ.

މި ފުރުސަތު އެ ކުންފުނިން ހުޅުވާލި އިރު ބިލު ނުދައްކާ ޖޫރިމަނާ އަރާފައިވާ 13،894 ކަސްޓަމަރުން ތިއްބެވެ.