އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވަން އިސްލާމިކް ޔުނިވަސިޓީ އާއި އެމްއައިބީ އެއްބަސްވެއްޖެ
އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވަން އިސްލާމިކް ޔުނިވަސިޓީ އާއި އެމްއައިބީ އެއްބަސްވެއްޖެ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވަން އިސްލާމިކް ޔުނިވަސިޓީ އާއި އެމްއައިބީ އެއްބަސްވެއްޖެ
އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވަން އިސްލާމިކް ޔުނިވަސިޓީ އާއި އެމްއައިބީ އެއްބަސްވެއްޖެ

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދާއި އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު ހާރިސް ހާރޫނެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވަން އިސްލާމިކް ޔުނިވަސިޓީ އާއި އެމްއައިބީ އެއްބަސްވެއްޖެ
އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވަން އިސްލާމިކް ޔުނިވަސިޓީ އާއި އެމްއައިބީ އެއްބަސްވެއްޖެ

އެއްބަސްވުމުގެ ދަށުން އިސްލާމިކް ޔުނިވަސިޓީގައި އިސްލާމިކް ފައިނޭންސަށް ހާއްސަ ކުއްލިއްޔާއެއް ގާއިމްކުރުމަށް އެމްއައިބީން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ނުވަތަ ބޭންކުން ކަނޑައަޅާ ދާއިރާތަކުން ތައުލީމް ހާސިލްކުރުމަށް އެމްއައިބީގެ ފަރާތުން ސްކޮލަޝިޕް ވެސް ދޭނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމިކް ފައިނޭންސަށްް އާއްމުން ހޭލުންތެރިކުރުވަން ނެރޭ ފޮތްތަކަށް އިސްލާމިކް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެ ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާާމުގައި ބައިވެރިވުމަށް އިސްލާމިކް ޔުނިވަސިޓީގެ ދަރިވަރުންނަށް ފުރުސަތު ދޭނެ ކަމަށެވެ. އޭގެ ސަަބަބުން އެ ޔުނިވަސިޓީގެ ދަރިވަރުންނާއި ޔުނިވަސިޓީގެ ތަރައްގީ އަށް ކުރިއެރުންތަކެއް ލިބިގެންދާނެކަން ޝަހީމް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ހާއްސަވެފައި ތިބި މީހުންގެ އަދަދު ވަރަށް މަދުކަމަށާއި އެއީ ކުރިއަރުވަން ޖެހޭ ދާއިރާއެއް ކަމަށެވެ. އަންނަ ޖެނުއަރީ މަހު އެ ޔުނިވަސިޓީގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ކިޔަވައިދޭން ފަށާނެކަން ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.

ޝަހީމް ވިދާޅުވީ އެމްއައިބީން ދޭން ހަމަޖައްސާފައިވާ ސްކޮލަޝިޕަށް ވަރަށް އަވަހަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހާރޫން ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވަން ގިނަ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.