ރަންވީރާއި ދީޕިކާ ރުޅިވެއްޖެ ކަމަށް ބުނަން ފަށައިފި
ރަންވީރާއި ދީޕިކާ ރުޅިވެއްޖެ ކަމަށް ބުނަން ފަށައިފި

ބޮލީވުޑްގެ މިހާރު އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން ރުޅިވެއްޖެ ކަމަށް ދެކެވޭ ވާހަކަތައް މިދިޔަ ހަފުތާއިން ފެށިގެން ދަނީ އިވެމުންނެވެ. ނަމަވެސް މިކަމުގެ ހަގީގަތެއް ނޭނގެ އެވެ.

މި ވާހަކައެއް ފުރަތަމަ ދެކެވެން ފެށީ ރަންވީރުގެ "ބޭފިކްރޭ"ގެ ފުރަތަމަ ޓްރެއިލާ ރިލީޒްކުރުމާ އެކުގަ އެވެ. އެ ފިލްމުގެ ބަތަލާ ވާނީ ކަޕޫރާއި ރަންވީރުގެ ވަރަށް ގައިގޯޅި މަންޒަރުތަކެއް މި ޓްރެއިލާގައި ހިމެނެ އެވެ.

މި ޓްރެއިލާ ބަލާފައި ދީޕިކާ އެއްވެސް އެއްޗެކޭ ނުބުނުމުން ގިނަ މީހުން ގަބޫލުކުރީ ދީޕިކާ ރުޅިއައީ ކަމަށެވެ. އޭގެ ފަހުން ސަލްމާން ޚާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް"ގައި ބައިވެރިވުމުގެ ގޮތުން އެ ޝޯގެ ބައިވެރިން ތިބޭ ގެއަށް ދީޕިކާ ދިއުމުން އެމީހުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ދީޕިކާ ކުރި ކަމަކުން ވެސް ދެ މީހުން ރުޅިވީ ކަމުގެ އަޑު ގަދަވާ ގޮތްވި އެވެ.

އާމިރު ޚާނާއި ރަންވީރާ ދެމީހުންގެ ތެރެއިން ނަގާނީ ކާކުތޯ "ބިގް ބޮސް"ގެ ބައިވެރިން އެހުމުން ދީޕިކާ ބުނީ އާމިރު ކަމަށެވެ. ދީޕިކާ ބުނި ގޮތުގައި ރަންވީރަކީ މުނިފޫހިފިލާ ކަންތައްތައް ކުރަން ކުޅަދާނަ މީހެއް ކަމަށެވެ.

ރަންވީރު ގާތު ދީޕިކާއާ އޮންނަ ގުޅުން ކެނޑުނީތޯ ނޫސްވެރިން އެހުމުން އޭނާ ވެސް ކަނޑައެޅިގެން އެ ވާހަކަ ދޮގެއް ނުކުރެ އެވެ. ނަމަވެސް ރަންވީރު ބުނީ އޭނާއަށް މިހާރު 31 އަހަރު ފުރިއްޖެ ކަމަށާއި ކައިވެންޏެއްކޮށް އާއިލާއެއް ހޯދުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށެވެ.

ދީޕިކާ އާއި ރަންވީރުގެ މެދުގައި މައްސަލަ ޖެހެނީ ކައިވެނި ކުރަން ދީޕިކާ އެއްބަސް ނުވާތީ ކަމަށްވެ އެވެ. ދީޕިކާ ބުނެފައިވާ ގޮތުގައި މީން ދުވަހަކުވެސް އަދި އޭނާ ކައިވެންޏަކާ ދޭތެރޭ ނުވިސްނާނެ އެވެ.