މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާނެ: ސްޓެލްކޯ
މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާނެ: ސްޓެލްކޯ

ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑެމުންދާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

މިހާރު ވެސް ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.

ސްޓެލްލޯ އިން ކުރި ޓްވީޓެއްގައި ބުނީ ކަރަންޓު ކެނޑެމުންދިޔަ ކަމުގައި ވިޔަސް ވީހާ ވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދިމާވި މައްސަލަ އެ ކުންފުންޏަކުން ނުބުނެ އެވެ.

"ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން،" ޓްވީޓުގައި ބުންޏެވެ.