16 ޖޫން 2020 - 22:49

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 29 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ނެރުނު ތަފާސްހިިސާބުތައް ދައްކާ ގޮތުން މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިިމެނެނީ ބަންގްލަދޭޝްގެ 15 މީހަކާއި ނޭޕާލްގެ ނުވަ މީހަކާއި އިންޑިއާގެ ދެ މީހަކާ ފިލިޕީންސް މީހެއްގެ އިތުރުން ދިވެއްސެކެވެ. އަދި ކޮން ގައުމެއް ކަން ކަށަވަރުނުވާ އެކަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެހެންވެ، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 2،094 އަށް ވަނީ އަރައިފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 1،670 މީހަކު ފަރުވާއަށް ފަހު ރަނގަޅު ވެފައިވާއިރު މިހާރު ފަރުވާ ދެމުން އަންނަނީ 414 މީހަކަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކަރަންޓީންގައި 331 މީހަކު ތިބިއިރު، އައިސޮލޭޝަންގައި 347 މީހަކު އެބަތިބި ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ އަށް މީހުންނެވެ.