ލޮކްޑައުންގައި ހިދުމަތް ރަނގަޅަށް ދެވުނު: މުޣުނީ
ލޮކްޑައުންގައި ހިދުމަތް ރަނގަޅަށް ދެވުނު: މުޣުނީ

އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފާއިތުވި ދެ މަސްދުވަހު ލޮކްޑައުންއެއްގައި އޮތް އިރު ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދެވުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.

ލޮކްޑައުންގައި ހިދުމަތް ރަނގަޅަށް ދެވުނު: މުޣުނީ
ލޮކްޑައުންގައި ހިދުމަތް ރަނގަޅަށް ދެވުނު: މުޣުނީ

ލޮކްޑައުން ހާލަތުގައި ހިދުމަތް ދިނިމުގައި ދެމިތިބި ސްޓެލްކޯގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އޭނާ ވިދާޅުވީ ލޮކްޑައުންގެ މުއްދަތު ތެރޭގައި ރޯދަމަސް ވެސް ދިޔައިރު އެ ދުވަސްވަރު ދިމާވީ ވެސް ހޫނު މޫސުމާ ކަމަށެވެ.

ލޮކްޑައުންގައި ހިދުމަތް ރަނގަޅަށް ދެވުނު: މުޣުނީ
ލޮކްޑައުންގައި ހިދުމަތް ރަނގަޅަށް ދެވުނު: މުޣުނީ

އާންމު ގޮތެއްގައި ހޫނު މޫސުމުގައި ކަރަންޓު ކެނޑުމާ މިފަދަ ގިނަ ކަންކަން ދިމާވާކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ ކޮންމެ އަހަރަކު ވެސް ސްޓެލްކޯގެ މަސައްކަތަަށް އެންމެ ބާރު ބޮޑުވަނީ ހޫނު މޫސުމުގައި ކަމަށެވެ. މި އަހަރުގެ ހޫނު މޫސުމުގައި އެފަދަ އެއްވެސް މައްސަލައެއް ދިމާވިޔަ ނުދީ ހިދުމަތް ދެވުން އެއީ ލިބުނު ކުރިއެރުމެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެކަމުން ދޭހަވަނީ ރަނގަޅަށް ހިދުމަތް ދެވުނުކަން ކަމަށެވެ.

މުޣުނީ ވިދާޅުވީ އެ މުއްދަތު ތެރޭގައި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ވަަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރި ކަމަށާއި، އާއިލާތަކާއި ދުރުގައި ތިބެގެން ކުރި މަސައްކަތަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި މިއޮތް ހިތްހަމަޖެހުމަކީ މި އަހަރުގެ ތެރޭގައި ކަރަންޓު ކެނޑިގެނެއް ނުއެއްދޭ. އެހެންވީމަ އާންމު ރައްޔިތުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ ހިދުމަތް އެންމެ ފުރިހަމަޔަށް ދެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" މުޣުނީ ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ކޮވިޑް-19އާ ގުޅުންހުރި ކަންކަމުގައި ރާއްޖެއިން އެންމެ ފުރަތަމަ ތައްޔާރުވާން ފެށި އެއް ކުންފުނި ކަމަށެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން ތައްޔާރީތައް ފަށާ މަސައްކަތްކުރާނެ ރަނގަޅު ގޮތްތައް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. މި ހުރިހާ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން ސްޓެލްކޯގެ އެއްވެސް މުވައްޒަފަކު މި ބަލީގެ ޝިކާރައަކަށް ވެފައި ނުވާކަން މުޣުނީ ފާހަގަކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެންގެ ޕްރޮސެސް ހަރުދަނާ ވުމާއި، އަދި މުވައްޒަފުން އެއަށް އަމަލު ކުރުމުގެ ނަތީޖާ. އެހެންވީމަ އަޅުގަނޑު މިކަމާއި ވަރަށް ހިތްހަމަޖެހޭ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ އެތެރޭގެ މަސައްކަތްތަކުގެ އިތުރަށް އެންއީއޯސީގެ މަސައްކަތްތަކުގައި ވެސް ސްޓެލްކޯގެ 50 މުވައްޒަފުން ހަރަކާތްތެރިވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ލޮކްޑައުން ހާލަތުގައި އާންމުންނަށް ޚިދުމަތް ދިނުމަށް މާލެ ސަރަހައްދުގައި ޖުމްލަ 217 މުވައްޒަފުން ލޮކްޑައުން ވެގެން މަސައްކަތްކޮށްފައި ވެއެވެ. ސްޓެލްކޯއިން އާންމުންނަށް ބިލްތައް ފޯރުކޮށްދެމުން އަންނަނީ އޮންލައިންކޮށެވެ. އެގޮތުން ލޮކްޑައުން ތެރޭގައި ބިލް ދިނުމާއި މީޓާ ރީޑިން ނަގާފައި ވަނީ އޮލައިންކޮށެވެ. މީޓަރުގެ ފޮޓޯ ނަގާފައި ފޮނުވާ ގޮތަށް ހަމަޖެއްސި ނަމަވެސް އެކަމުގައި ދަތިތަކެއް ދިމާވާތީ މިހާރު މީޓަރު ރީޑިން ނަގަނީ މުވައްޒަފުން ގެތަަކަށް ގޮހެވެ. އެކަމަކު އަދިވެސް ބިލް ފޮނުވަނީ އޮންލައިންކޮށެވެ.