އެއްވެސް ހާލަތެއްގައި ކިޔެވުމުގެ ފުރުސަތު ނުލިބި ތިބިޔަކަ ނުދޭނަން: މިނިސްޓަރު
އެއްވެސް ހާލަތެއްގައި ކިޔެވުމުގެ ފުރުސަތު ނުލިބި ތިބިޔަކަ ނުދޭނަން: މިނިސްޓަރު

އެއްވެސް ހާލަތެއްގައި އެއްވެސް ދަރިވަރަކަށް ކިޔެވުމުގެ ފުރުސަތު ނުލިބި ތިބިޔަ ނުދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވެއްޖެ އެވެ.

އެއްވެސް ހާލަތެއްގައި ކިޔެވުމުގެ ފުރުސަތު ނުލިބި ތިބިޔަކަ ނުދޭނަން: މިނިސްޓަރު
އެއްވެސް ހާލަތެއްގައި ކިޔެވުމުގެ ފުރުސަތު ނުލިބި ތިބިޔަކަ ނުދޭނަން: މިނިސްޓަރު

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލުތައް ބަންދުކުރަން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވި ކަމެއް ކަމަށެވެ. އަދި މިއީ ހީވެސް ނުކުރާ ހާލަތެއް ކަމަށާއި ތިބީ އެފަދަ ކަމަކަށް ތައްޔާރުވެގެން ނޫން ކަމަށް ވިދާޅުވި އެވެ.

އެއްވެސް ހާލަތެއްގައި ކިޔެވުމުގެ ފުރުސަތު ނުލިބި ތިބިޔަކަ ނުދޭނަން: މިނިސްޓަރު
އެއްވެސް ހާލަތެއްގައި ކިޔެވުމުގެ ފުރުސަތު ނުލިބި ތިބިޔަކަ ނުދޭނަން: މިނިސްޓަރު

އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން މިހާ ގިނަ ދުވަހު ސްކޫލަށް ހާޒިރުނުވެ ތިބެން ޖެހުމަކީ ފުރަތަމަ ގޮންޖެހުން ކަމަށެވެ. އެ މުއްދަތުގައި ވެސް ކުދިން ގޭގައި ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ބަންދަކަށްފަހު އަންނަ މަހުގެ އެކެއްގައި ސްކޫލުތައް ހުޅުވާލަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ގްރޭޑު 1-12 އަށް ކިޔަވައިދޭނެ އެވެ. އެހެންވެ މާލޭގައި ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑު ނުވަކުން ފެށިގެން މައްޗަށެވެ.

ސްކޫލުތައް ހުޅުވި ނަމަވެސް ދަރިން ސްކޫލަށް ނުފޮނުވާނެ ކަމަށް ބުނެ ބައެއް ބެލެނިވެރިން އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ. އެކަމަކު ބެލެނިވެރިންގެ ޒިންމާ އަދާކޮށް ދަރިން ސްކޫލަށް ފޮނުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ފަރުވާއެއް ހޯދިފައިނުވާ ބަލިން ރައްކާތެރިވާން މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ބަންދުކުރި ނަމަވެސް މި މުއްދަތުގެ ތެރޭގައި އެކި ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދީފައި ވެ އެވެ. އޭގެ ތެރޭގައި ގޫގުލް ކްލާސްރޫމާއި ޓެލިކިލާސް ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ހާލަތެއްގައި ޓީވީ ނުވަތަ އިންޓަނެޓް ނުލިބޭ ދަރިވަރުންނަށް ޕޭޕަރުން ވެސް ފިލާވަޅުތައް ފޯރުކޮށްދޭ ކަމަށެވެ. ސްކޫލު ހުޅުވުނީމަ ވެސް އެ އިންތިޒާމްތައް ކުރިއަށްދާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"އެއްވެސް ކުއްޖަކަށް ތައުލީމް ނުލިބި އުނގެނޭނެ ފުރުސަތު ނުލިބި ތިބިޔަކަ އަޅުގަނޑުމެން ނުދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާލަތުގައި ކިޔަވައިދިނުމަށް ދިމާވި އަނެއް ގޮންޖެހުމުގެ ގޮތުގައި ފާހަގަކުރެއްވީ އިންޓަނެޓު އަގުބޮޑުވުމާއި ލަސްވުމުގެ މައްސަލަތަކެވެ. ދުރުގައި ތިބެގެން ކިޔަވައިދޭއިރު އެކަށީގެންވާ ރަނގަޅު ވަސީލަތެއް ނެތް ކަމަށާއި ގްރޭޑު 1-2 ދަރިވަރުންގެ އަތުގައި ޓެބްލެޓް ނެތް ކަމަށް ވިދާޅުވި އެވެ.

"މި ޗެލެންޖުތަކާ އެއްކޮށް ވެސް އަޅުގަނޑުމެންގެ މުވައްޒަފުންނާ ބެލެނިވެރިންނާ އެއްކޮށް ދަރިވަރުންނަށް އުނގެނުމުގެ މި ފުރުސަތުތައް ފަހިކޮށްދީ ފޯރުކޮށްދެމުން ގެންދިޔަކަން ފާހަގަކޮށްލަން،،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާއެކު ކުރިމަތިވި މާލީ ދަތިތަކާ ހެދި ކުލި ނުދެއްކި ބައެއް އާއިލާތައް ރަށަށް ބަދަލުވެފައިވެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ހާލަތުގައި ކިޔަވައިދިނުމަށް ގޮންޖެހުމެއް ދިމާވި ނަމަވެސް ދަރިވަރުންނަށް އެ ރަށެއްގެ ސްކޫލަކުން ފުރުސަތު ލިބޭނެ އެވެ.

ސްކޫލަށް ހާޒިރުނުވެ ތިން މަސް ދުވަހު ތިބުމުން އެ ކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ގެއްލުންތައް މިހާރު ވަޒަން ނުކުރެވިދާނެ ކަމަށެވެ. ނަމަވެސް އުނގަންނައި ނުދެވުމުގެ ގެއްލުމާއި އިޖުތިމާއީ ކަންތައްތަކަށް އައި ހީނަރުކަން ފާހަގަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކިޔެވުމާ ގުޅޭ މަސައްކަތްތައް ކުރުމަށް ފާއިތުވި ދެ ތިން މަހުގެ ތެރޭގައި ގާތްގަނޑަކަށް 900 އޮންލައިން މީޓިން ބޭއްވި ކަމަށް ވިދާޅުވި އެވެ.