15 ޖޫން 2020 - 16:19

ރާއްޖޭގައި ބޮޑެތި އިވެންޓުތައް ބޭއްވުމުގައި ނަން މަޝްހޫރު އެއް ކުންފުންޏަކީ ސްޓޭޖް ކޯ އެވެ. ރަސްމީ ހަފުލާތަކާއި މިއުޒިކް އިވެންޓުތަކުގައި ފުލް ސޮލިއުޝަނެއް ފޯރުކޮށްދެމުން އަންނަ މި ކުންފުންޏަށް ވެސް ކޮވިޑް-19 އާ ގުޅިގެން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތައް ކުރިމަތިވި އެވެ. ނަމަވެސް މި ހާލަތުގައި "ނިއު ނޯމަލް"ގެ މިންގަނޑުތަކާ އެކު ވެސް އިވެންޓުތައް ބޭއްވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އެއީ ހާއްސަ ޑިޖިޓަލް ސްޓޫޑިއޯއެއް މެދުވެރިކޮށެވެ.

އިވެންޓުތައް އިންތިޒާމު ކޮށްދިނުމުގެ ދާއިރާ އަށް 2016 ގައި ވަން ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓޭޖު ކޯ އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. އެ ކާމިޔާބީ އާއި ތަޖުރިބާގެ އަލީގައި ސްޓޭޖު ކޯ އިން އާންމުންނަށް ހޯދައިދިން ފުރުސަތާ އެކު، ކޮވިޑް-19 ގެ މި ނާޒުކް ހާލަތުގައި ވެސް އިވެންޓުތައް ނުބޭއްވި ދެން ތިބޭކަށް ނުޖެހޭނެ އެވެ. އެ ބައްޔާ ގުޅިގެން ކެންސަލް ކޮށްފައިވާ އިވެންޓުތަކާއިގެން ހަމަ ކުރިއަށް ދާންވީ އެވެ. ސްޓޭޖު ކޯ އޮތީ ތިޔަބޭފުޅުންގެ ފަހަތުގަ އެވެ.

ސްޓޭޖް ކޯ އިން ބުނީ، ޑިޖިޓަލް ސްޓޫޑިއޯގެ އެހީގައި، ކޮވިޑް-19 ގެ މި ހާލަތުގައި ވެސް "ގައިދުރުކުރުމުގެ މިންގަނޑު" ގެ ތެރެއިން އިވެންޓެއް ލައިވް ސްޓީމިން މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފުލް ސޮލިއުޝަން ލިބޭނެ ކަމަށެވެ.

ޑިޖިޓަލް ސްޓޫޑިއޯ މެދުވެރިކޮށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން، ލައިވް ސްޓްރީމާއި ކޮންސާޓް ސްޓްރީމާއި ކޮފަރެންސް ޒޫމާއި ސޯޝަލް މީޑިއާ ޑިސްޓްރިބިއުޝަން ހިމެނެ އެވެ.
ސްޓޭޖު ކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހައިޝަމް ވިދާޅުވި ގޮތުގައި، އޮންލައިންކޮށް އިވެންޓެއް ބާއްވާ އިރު 4ކޭ ރިސޮލިއުޝަންގެ އެލްއީޑީ ވޯލް މެދުވެރިކޮށް، ބެކްޑްރޮޕްތަކާއި ޕްރެޒެންޓޭޝަންތަކާއި ވީޑިއޯތައް އާންމުންނަށް ރިއަލް ޓައިމްގައި ދައްކައިލެވޭނެ އެވެ.
"އޮންލައިންކޮށް އިވެންޓެއް ބޭއްވި ނަމަވެސް، އަޅުގަނޑުމެން ލައިޓިންގެ ހިދުމަތްތައް ވެސް ދެން. މިސާލަކަށް އޭޖީއެމެއް ބާއްވާ ނަމަ ނުވަތަ ޕްރޮޑަކްޓް ލޯންޗެއް ބޭއްވި ނަމަވެސް އެ ބަޔަކު ބޭނުންފުޅުވާ ގޮތަކަށް ކަސްޓަމައިޒް ހިދުމަތްތައް ދޭނަން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ސައުންޑް ސެޓް ކުރުމުގައި ބޭނުންވާ އެހީތެރިކަން ވެސް ސްޓޭޖު ކޯ އިން ދެ އެވެ.
ހައިޝަމް ވިދާޅުވީ، މިހާރު ހަދާފައިވާ ޑިޖިޓަލް ސްޓޫޑިއޯގައި ގައިދުރުކުރުމުގެ މިންގަޑުތަކާ އެކު ހަތަރު ވަރަކަށް މީހުންނަށް ސްޓޭޖުގައި ތިބެ، އިވެންޓެއް ހުށަހެޅޭނެ ކަމަށެވެ. އެހެންކަމުން ރަނގަޅު ފެންވަރުގެ ކޮންފަރެންސެއް ޒޫމް މެދުވެރިކޮށް ބާއްވާ ބޭނުންވާ ފަރާތްތަކަށް ވެސް މި އޮތީ ރަނުގެ ފުރުސަތެކެވެ.
އޭނާ ވިދާޅުވީ، ހިދުމަތް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އާންމުންގެ ރައްކާތެރިކަމަށް ކަމަށާއި އެގޮތުން އިވެންޓެއް ބާއްވަން ސްޓޫޑިއޯ ބޭނުން ކުރަން އަންނަ އެންމެންގެ ވެސް ހުން ބަލާނެ ކަމަށެވެ. ސްޓޫޑިއޯގެ އެކި ސަރަހައްދުތަކުގައި ސެނިޓައިޒާތައް ބަހައްޓާފައި ހުންނާނެ އެވެ.
"އާންމުކޮށް އިވެންޓްތަކުގައި މި ބޭނުންކުރާ މައިކް، ހެޑް ސެޓާއި ބޭންޑް އިކުއިޕްމެންޓްތައް ވެސް އިވެންޓެއް ފެށުމުގެ ކުރިން އަދި އިވެންޓް ނިމުމަށް ފަހު ވެސް ޑިސްއިންފެކްޓް ކުރެވޭނެ،" ހައިޝަމް ވިދާޅުވި އެވެ.
އިވެންޓު ބާއްވާ އަމިއްލަ ކުންފުނިތަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް މި ދާއިރާއަށް ވަނުމެވެ. ކޮވިޑްގެ މި ބަލިމަޑުކަމުގައި އަދި މި އަށް ފަހު ވެސް މިހެން ވާ ނަމަ އަމިއްލަ ކުންފުނިތަކަށް ބޮޑު ގެއްލުމެއް ވާނެ އެވެ.
ހައިޝަމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކުންފުނިތަކުގައި ރަނގަޅު ފެންވަރުގެ އިވެންޓްތައް ބޭއްވުމުގެ ގާބިލްކަން އެބަހުއްޓެވެ..
އިވެންޓެއްގައި ބައިވެރިވާ ކަމުގެ ފުރިހަމަ އިހްސާސް އެންމެ ފުރިހަމައަށް ގެނެސްދޭނެ މާހައުލެއް މި ސްޓޫޑިއޯ މެދުވެރިކޮށް ލިބޭނެ އެވެ. ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ހިދުމަތްތަކެއް ޑިޖިޓަލް ސްޓޫޑިއޯ މެދުވެރިކޮށް ދޭ އިރު ހީވާނީ ހަމަ އިވެންޓްގައި އިނދެވޭ ހެންނެވެ.
މީގެ އިތުރުން، ކޮންސެޓް ސްޓީމިން އިވެންޓްތައް ކަމުގައިވާ ވާޗުއަލް އިވެންޓްތަކާއި މިއުޒިކް ކޮންސެޓްތަކުގައި ރަނގަޅު ފެންވަރުގެ ސްޕީކަރާއި ބޮޑު ސްކްރީންތަކުގެ އެހީގައި ލައިވް ޕާފޯމެންސްތައް މިހާރަށް ވުރެ ރީތިކޮށް ބަލައިލުމުގެ ފުރުސަތު ސްޓޭޖް ކޯ އިން ވަނީ ފަހިކޮށްދޭނެ އެވެ.
ސްޓޭޖް ކޯ މެދުވެރިކޮށް ބާއްވާ ސޯޝަލް މީޑިއާ ޑިސްޓްރިބިއުޝަން އިވެންޓްތަކުގައި އެކި ޕްލެޓްފޯމުތައް ކަމުގައިވާ ފޭސްބުކް، ޔޫޓިއުބްގެ ޒަރިއްޔާ އިން ފެންވަރު ރަނގަޅު ލައިވް ސްޓްރީމިން އިންތިޒާމު ކުރެވޭނެ އެވެ.