11 ޖޫން 2020 - 14:35

ޑިސްއިންފެކްޓް ކުރުމަށް ހާއްސަ "ވިކްޓްރީ އިލެކްޓްރޯސްޓެޓިކް" ސްޕްރެއާ އެއް ރީއިންވެންޓް މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.

ރީއިންވެންޓް މޯލްޑިވްސް އަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ލަކްސްރިކާ ޕްރައިވެޓް ލިމިޑެޓްގެ ދަށުން ހިންގާ ކުންފުންޏެކެވެ. ރީއިންވެންޓްގެ އުފެއްދުންތަކަށް މި ދުވަސްކޮޅު އެންމެ ބޮޑު ޑިމާންޑެއް އޮތީ ރާއްޖޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ޖުލައި މަހު ހުޅުވަން ނިންމާފައިވާ އިރު މިފަދަ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރު ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިލެކްޓްރޯސްޓެޓިކް ސްޕްރެއާ އަކީ ތަންތަން ޑީސްއިންފެކްޓްކޮށް ސާފުކުރުމަށް ބޭނުން ކުރާ އާލާތެކެވެ. މި ސްޕްރެއާ ބޭނުންކޮށްގެން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ރީއިންވެންޓް މޯލްޑިވްސްގެ ދަށުން ހިންގާ ކްލީންޓެކް އިން ވެސް އަންނަނީ ކުރަމުންނެވެ.
އެމެރިކާގެ ވިކްޓްރީ އިނޮވޭޝަން ކުންފުނިން އުފައްދާ ޑިސްއިންފެކްޓް ސާމާނުގެ ސޯލް ޑިސްޓްރިބިއުޓަރަކީ ރީއިންވެންޓެވެ. އަލަށް ތައާރަފް ކުރި ސްޕްރެއާ ދެ މޮޑެލްއެއް އެ ކުންފުނިން ގެންނާނެ އެވެ. އެއީ ވީޕީ200އީއެސްކޭ އާއި ވީޕީ300އީއެސްކޭ އެވެ. މީގެ ތެރެއިން ވީޕީ200އީއެސްކޭ އާ އެކު އެއް ލީޓަރުގެ ޓޭންކެއް ލިބޭ އިރު ވީޕީ300އީއެސްކޭ އާ އެކު 2.25 ޓޭންކެއް ލިބޭނެ އެވެ.
ރީއިންވެންޓުން މިހާރު އަންނަނީ މި މޮޑެލްތަކުގެ ޕްރީ އޯޑަރުތައް ނަގަމުންނެވެ. މެއި މަހު އޯޑަރު ކުރި މީހުންނަށް މިހާރު އެތަކެތި ވަނީ ލިބިފަ އެވެ. އަދި މިހާރު އޯޑަރު ކުރާ މީހުންނަށް މި މަހުގެ ފަހުކޮޅު ތަކެތި ލިބޭނެ އެވެ.
ރީއިންވެންޓުން ބުނީ، އަލަށް ރިސޯޓުތައް ހުޅުވާއިރު "ނިއު ނޯމަލް"ގެ ހާލަތުގައި ރިސޯޓު މާހައުލު ސާފު ތާހިރުކޮށް ބެހެއްޓުމަށް ވިކްޓްރީގެ އުފެއްދުންތައް ވަރަށް ބޮޑަށް އެހީވާނެ ކަމަށެވެ. މިތަކެތި ބޭނުން ކުރުމަށް ހާއްސަ ޓްރެއިނިންއެއް ބޭނުން ނުވާ އިރު ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް ތަންތަން ސެނިޓައިޒްކޮށް ޑިސްއިންފެކްޓް ކުރުމަށް މިހާއްސަ ސްޕްރެއާ ބޭނުން ކުރެވޭނެ އެވެ.
ވިކްޓްރީ އިލެކްޓްރޯސްޓެޓިކް ސްޕްރެއާ ގަތުމުން ރީއިންވެންޓުން އެތަކެތި މެއިންޓެނެންސް ބަލަހައްޓައިދީ، މަރާމާތު ވެސް ކޮށްދޭނެ އެވެ.