އިތުރު 20 މީހަކު ޕޮޒިޓިވްވެ 111 މީހަކު ރަނގަޅުވެއްޖެ
އިތުރު 20 މީހަކު ޕޮޒިޓިވްވެ 111 މީހަކު ރަނގަޅުވެއްޖެ

ފާއިތުވި 24 ގަޑި އިރު ތެރޭގައި ރާއްޖެ އިން އިތުރު 20 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުން ކަމަށެވެ. މީގެ އިތުރަށް 111 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ ޖުމްލަ 825 މީހުންނަށެވެ.

ރާއްޖެ އިން މިހާތަނަށް ބަލި ޖެހިފައި ވަނީ 1،962 މީހުންނަށެވެ. އަދި އޭގެ ތެރެއިން 1،121 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި އަށް މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

މާޗް މަސް ތެރޭގައި ރާއްޖެ އިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު އިރު މާލެ އިން ބަލި ފެނިފައި ވަނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ. މާލެ އިން ބަލި ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮންނަތާ ދެ މަސްވާން ގާތްވެފައިވާއިރު ލޮކްޑައުން އަށް ލުއިތައް ދިނުމަށް ސަރުކާރުން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ.