ހިދުމަތް ހޯދުމަށް "މައި އެކައުންޓް" ބޭނުންކުރޭ: ދިރާގު
ހިދުމަތް ހޯދުމަށް "މައި އެކައުންޓް" ބޭނުންކުރޭ: ދިރާގު

ގޭގައި ތިބެން ޖެހޭ މިދުވަސްކޮޅު ދިރާގުގެ ހިދުމަތްތައް ހޯދުމަށް "މައި އެކައުންޓް" ބޭނުން ކުރުމަށް ދިރާގުން އެދިއްޖެ އެވެ.

ދިރާގުން ބުނީ މައި އެކައުންޓަކީ ދިރާގުގެ ކަސްޓަމަރުންނަށް ވަރަށް މުހިއްމު އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބަލައިގެން ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށެވެ.

އެގޮތުން ގޭގެ އިންޓަނެޓް ޕެކޭޖް ބަދަލުކޮށް، މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖްގެ ތަފުސީލު ބަލާލައި، ބިލަށް ފައިސާ ދެއްކުމާއި ދިރާގުގެ އެކިއެކި ހިދުމަތަތަކަށް އެދުމަށް ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި އޮންލައިން ކޮށް ފޯމު ހުށަހެޅޭނެ އެވެ.

ދިރާގު މައި އެކައުންޓް ހިދުމަތް ބޭނުން ކުރުމަށް ދިރާގު ވެބްސައިޓަށް ވަނުމަށް ފަހު ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައިވާ "މައިއެކައުންޓް" އަށް ފިތާލުމުން ރެޖިސްޓާ ކޮށްލެވޭނެ އެވެ.

ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުން ވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި މަސައްކަތްކުރަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.