19 އޮކްޓޯބަރ 2016 - 06:22

ބިޔަ ފޯނެއް ނުނެރެވިގެން ވާވޭ ތެޅިފޮޅެނީ އެވެ. ސަބަބެއް ވެސް އޮންނާނެ އެވެ. ގެލަކްސީ ނޯޓް 7 އަށް ލިބުނު ގެއްލުމަކީ ވާދަވެރިންނަށް ރަނުގެ ފުރުސަތަކަށް ވެއްޖެ އެވެ. މި އަށް ވުރެ ވަކިން ރަނގަޅު ފުރުސަތެއް ލިބޭނެ ކަމަށް ތިބޭނެ ކަމެއް ނެެތެެވެ.
"ވާވޭ މޭޓް 9" ނޮވެމްބަރު 3 ގައި ތައާރުފުކުރާނެ އެވެ. އަހަރެމެންނަށް ހިތާމަވެރި ދުވަހެއް ނަމަވެސް ވާވޭ އަށް އުފާވެރި އެވެ. ބުނެވޭ ގޮތުގައި މޭޓް 9 ގައި 5.9 އިންޗި ސްކްރީނެއް އިނދެ އެވެ.
ވާވޭ މޭޓް 9 އަކީ ސެމްސަންގް ނޯޓް 7 އަށް ބަދަލެއް ނޫނެވެ. އެހެން ނަމަވެސް ނޯޓް މަރުކާގެ ފޯނުތައް ބޭނުންކުރާ މީހުންނަށް އެ އިހުސާސް ގެނުވައި ދެ އެވެ.
ވާވޭއިން ވިސްނަނީ މޭޓް 9ގެ ދެ މޮޑެލެއް ތައާރުފުކުރުމަށެވެ. އޭގެ ތެރެއިން އެއް މޮޑެލް، ނޯޓް 7އާ ވަރަށް ވައްތަރުކޮށެވެ. އަރިމަތިން ސްކްރީން ލެނބިފައި ހުންނަ ގޮތަށެވެ. ދުރުން ބަލާއިރު ނޯޓް އާއިލާ އަށް ނިސްބަތްކުރެވޭ ގޮތަށެވެ.
ފޯނުގެ ސްޕެސިފިކޭޝަންތަކަށް ބަލާއިރު އެއް މޮޑެލްގައި 6ޖީބީ ރޭމް އަދި 256ޖީބީ އިންޓާނަލް ސްޓޯރޭޖް އެވެ. އަނެއް މޮޑެލްގައި 4ޖީބީ ރޭމް އަދި 64/128ޖީބީ ސްޓޯރޭޖް އެވެ. ޑުއަލް ލެންސް 20 މެގަޕިކްސެލް ކެމެރާއެއް ވެސް މޭޓް 9 ގައި އިންނާނެ އެވެ.
މޭޓް 9 މާކެޓަށް ނެރޭނެ ކަމަށް ވަނީ އެންޑްރޮއިޑް 7، ނޫގެޓް އަށް މުޅިން ފައްކާކުރުމަށް ފަހު އެވެ. ފޯނާ ބެހޭ ގޮތުން ވާވޭއިން އަދި ގިނަ ތަފުސީލުތަކެއް ނުދެ އެވެ. ވާވޭއިން ތެޅިފޮޅެނީ ފޯނު ތައާރުފުކުރުން އަވަސްކުރުމަށެވެ. ބައްރުތަކުގައި ޚާއްސަކޮށް އެމެރިކާ މާކެޓަށް ވަދެގަނެވިދާނެ ކަމަށް އުންމީދުކުރެވޭތީ އެވެ.