އެމެޒޯންގެ މުވައްޒަފެއްގެ އެންގޭޖްމަންޓް އަނގޮޓި ޕެކޭޖެއްގެ ތެރެއަށް ގެއްލިއްޖެ
އެމެޒޯންގެ މުވައްޒަފެއްގެ އެންގޭޖްމަންޓް އަނގޮޓި ޕެކޭޖެއްގެ ތެރެއަށް ގެއްލިއްޖެ

ކަސްޓަމަރަކު އޯޑަރުކުރި އެއްޗެއް ޕެކްކުރުމުގެ ތެރޭގައި، އިނގިލީގައި އޮތް އެންގޭޖްމަޓް އަނގޮޓި އޭގެ ތެރެއަށް ވެއްޓި ގެއްލިފައިވާތީ އެމެޒޯންގެ މުވައްޒަފަކު އެ ހޯދައިދޭން ކަސްްޓަމަރުންގެ އެހީ އަށް އެދެފި އެވެ.

އެމެރިކާގެ ސްވޯންސީގައި ދިރިއުޅޭ ޖޭޒްމިން ޕެޖެޓް، 18، ބުނިގޮތުގައި އޭނާގެ އެންގޭޖްމަންޓް އަނގޮޓި އިނގިލީގައި ނެތްކަން އެނގުނީ އެއް ދުވަހު ޑިއުޓީ ނިންމައިލި ފަހުންނެވެ. އެކަމަކު އޭނާ އަށް ކަށަވަރުވާ ކަމަކީ ކަސްޓަމަރެއްގެ މުދަލެއް މި މަހުގެ 6 ވަނަ ދުވަހު ޕެކްކުރުމުގެ ތެރޭގައި އަނގޮޓި ޕެކެއްގެ ތެރެއަށް ދިޔަ ކަމެވެ. އަދި އަނގޮޓި އެގޮތަށް ގެއްލުނު ކަމަށް ލަފާކޮށްފައި ވަނީ އެ ދުވަހުގެ ހަވީރު 5:50 ގައި ކަމަށް ވެސް ބުންޏެވެ. މި ވާހަކަ ޖޭސްމިން ހިއްސާކޮށްފައި ވަނީ ފޭސްބުކްގަ އެވެ.

އޭނާ ބުނީ ކަސްޓަމަރުން އޯޑަރުކުރި މުދާ ލިބިގެން ކަނޑާ އިރު، އޭގެ ތެރޭގައި އަނގޮޓި އޮތް ނަމަ އެކަން ވީހާ ވެސް އަވަހަކަށް އަންގައި، އަނގޮޓި ހަވާލުކޮށްދޭން އެދޭ ކަމަށެވެ.

ޖޭޒްމިން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ލޯބިވެރިޔާ ޖޯޝް މެނިންސް، 20، އާ އެންގޭޖްވެ އެޅި އަނގޮޓި ގެއްލުނުކަން އެނގުމުން ވަރަށް ދެރަވި ކަމަށެވެ. ރިހިން ހަދާފައިވާ އެ އަނގޮޓީ އަކީ އެހަކަށް ޖަވާހިރެއް ވެސް ޖަހާފައި އިން އެއްޗެކެވެ.