07 ޖޫން 2020 - 09:15

އައްޑޫ ހިތަދޫ ލިންކް ރޯޑްގައި ރޭ ދަންވަރު ބާރު ސްޕީޑްގައި ދުއްވި ދެ ކާރެއް ކޮންޓްރޯލް ނުވެ، އެކަތި އަނެކައްޗާ އެކްސިޑެންޓުވެ އޭގެ ތެރެއިން އެއް ކާރު މޫދަށް ވެއްޓިއްޖެ އެވެެ.
ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައި ހިނގި މި ހާދިސާގައި ލިންކްގެ ރޯޑް އަރިމަތިން ތޮށިގަނޑާ ދިމާލުން ކާރު މޫދަށް ވެއްޓުނު ނަމަވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު ދެ ކާރަށް ވަނީ ގެއްލުން ވެފަ އެވެ.
މޫދަށް ވެއްޓުނު ކާރު މިހާރު ވަނީ ނަގައިފަ އެވެ. އެކްސިޑެންޓްވީ ދެ ކާރު ދެކޮޅަށް ދުއްވާފައި ދަނިކޮށެވެ. މި ހާދިސާގައި އެއް ކާރު މޫދަށް ވެއްޓުނު އިރު އަނެއް ކާރު ކޮންޓްރޯލުން ނައްޓާލައިގެން ގޮސް ޖެހުނީ މަގުގެ އެއް ފަރާތުގައި ހުރި ލައިޓް ޕޯސްޓެއްގަ އެވެ.
ފުލުހުން މިހާރު އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގުރަމުންނެވެ.
އައްޑު އަކީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އާންމު ތަނެކެވެ.