ޓެސްޓް ނުހަދާ ކަރަންޓީނުން ދޫކޮށްލާ ގޮތަށް ހަމަޖައްސައިފި
ޓެސްޓް ނުހަދާ ކަރަންޓީނުން ދޫކޮށްލާ ގޮތަށް ހަމަޖައްސައިފި

ޑރ. ނަޒްލާ: ޕީސީއާރު ޓެސްޓްތައް ޕޮޒިޓިވް ކަމަށް އެބަ ދައްކާ ހަތަރު ފަސް ހަތަރު ހަފުތާ ފަހުން ވެސް. ފަހުގެ ދިރާސާތަކުން މި ދައްކަނީ އެކަހަލަ ކޭސްތަކަކީ އިންފެކްޓިވް ކޭސްއެއް ނޫން ކަމަށް. މެއި 27 ގައި ޑަބްލިޔުއެޗްއޯ އިން މި ބުނަނީ 10 ދުވަސް ފަހުން ދޫކޮށްލެވޭނެ ކަމަށް ޓެސްޓް ނުހަދާ ވެސް. މާނައަކީ 10 ދުވަސް ފަހުން މި ބަލި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނާރާނެއޭ. ރާއްޖޭގައި މިހާރު މިއޮންނަނީ އަލާމާތްތައް ނެތްތާ 14 ދުވަސް ފަހުން ދޫކޮށްލާ ގޮތަށް. އެހެންވެ މީގެ ފަހުން ދޫކުރާއިރު ޕީސީއާރު ޓެސްޓެއް ނުހަދާނެ. އެކަމަކު ދިފާއީ ނިޒާމު ދަށް މީހުން ދޫކުރާނީ ޕީސީއާރު ޓެސްޓް ހެދުމަށް ފަހު.

އިއްޔެގެ ހަވީރު 6 އިން ފެށިގެން މިއަދު ހަވީރު 6 ގެ ނިޔަލަށް ޕޮޒިޓިވްވެފައި ވެފައި ވަނީ 18 މީހުން ކަމަށް އެންއީއޯސީން ދެންމެ ބުނެފި އެވެ.

މިރެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. ނަޒްލާ މުސްތަފާގެ އިތުރުންް ޑރ. އިބްރާހިމް އަފްޒަލް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

(ތަފުސީލު އަންނަނީ)