ދެ މިލިއަން ޑޮލަރުގެ ލޮލީޕޮޕް ގަންނަން އުޅުނު މަޑަގަސްކަރައިގެ ވަޒީރަކު ވަކިކޮށްފި
ދެ މިލިއަން ޑޮލަރުގެ ލޮލީޕޮޕް ގަންނަން އުޅުނު މަޑަގަސްކަރައިގެ ވަޒީރަކު ވަކިކޮށްފި

ކޮވިޑް-19 ގެ ފަރުވާއެއް ކަމަށް ބުނެ މަޑަކަސްކަރާގައި ބޭނުންކުރާ ފަތްޕިލާވެލީގެ ޓޮނިކް ބޭނުންކޮށްގެން ސްކޫލްތަކުގެ ދަރިވަރުންގެ އަނގައިން ހިތި ރަހަ ނުކެނޑޭތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދެ މިލިއަން ޑޮލަރުގެ ލޮލީޕޮޕަށް އޯޑަރުކުރަން އުޅުނު މައްސަލައެއް ފެންމަތިވެ މަޑަކަސްކަރައިގެ އެޑިއުކޭޝަން މިނިސްޓަރު ރިޖަސޯއާ އެންޑްރިއަމަނާނާ މަގާމުން ވަކިކޮށްފި އެވެ.

ދެ މިލިއަން ޑޮލަރުގެ ލޮލީޕޮޕް ގަންނަން އުޅުނު މަޑަގަސްކަރައިގެ ވަޒީރަކު ވަކިކޮށްފި
ދެ މިލިއަން ޑޮލަރުގެ ލޮލީޕޮޕް ގަންނަން އުޅުނު މަޑަގަސްކަރައިގެ ވަޒީރަކު ވަކިކޮށްފި

މީޑިއާތަކުން ބުނީ މިނިސްޓަރު މަގާމުން ވަކިކޮށް އޭނާ ޕްލޭންކޮށްފައި އޮތް ލޮލީޕޮޕްގެ އޯޑަރު ރައީސް އެންޑްރީ ރަޖޯލީނާ ބާތިލްކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ނިންމާފައި އޮތީ ކޮންމެ ދަރިވަރަކަށް ތިން ލޮލީޕޮޕް ދޭށެވެ.

އެފްރިކާގެ ވަރަށް ގިނަ ގައުމުތަކުން ދަނީ ކޮރޯނާވައިރަހުން ރައްކާތެރިކަން ލިބޭ ކަމަށް ބުނެ މަޑަކަސްކަރައިން ވިއްކާ އޯގެނިކް ޓޮނިކް ބޭނުންކުރަމުންނެވެ. އަދި އެ ޓޮނިކަކީ ކޮވިޑް-19 އިން ދިފާއުކޮށްދޭ އެއްޗެއް ކަމަށް ވިދާޅުވެ މަޑަގަސްކަރައިގެ ރައީސް ވެސް އެ ޕްރޮމޯޓްކުރައްވަ އެވެ.

ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ އެފަދަ އެއްޗަކުން ކޮވިޑް-19އަށް ފަރުވާ ލިބޭކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފަ އެވެ.

މަޑަކަސްރަގެ ރައީސް ވިދާޅުވި ގޮތުގައި އެފްރިކާގެ ގައުމުތަކުގައި ބޭނުންކުރާ އެ ޓޮނިކަކީ ޔޫރަޕްގެ ގައުމަތަކުން ތައާރަފުވި އިތުބާރު ހިފޭ އުފެއްދުމެކެވެ.

ހަތާވީސް މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ މަޑަގަސްކަރައިން މިހާތަނަށް 1،055 މީހުންނަށް ކޮވިޑް-19 ޖެހިފައިވެ އެވެ. އަދި ބަލީގައި މިހާތަނަށް ނުވަ މީހަކު މަރުވެފައިވާ އިރު، 212 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.