06 ޖޫން 2020 - 16:39

ސިނަމާލެ ބްރިޖްމަތިން މިއަދު ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖް މަތިން މިއަދު ހަވީރު އިންޑިޔާގެ 38 އަހަރުގެ ފިރިހެނަކު ފުންމާލި ކަމުގެ ރިޕޯޓެއް ލިބުމުން ފުލުހުންގެ ލޯންޗަކުން އެ މީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެެކަމަކު އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
މީގެކުރިން ވެސް ބްރިޖްމަތިން ބައެއް މީހުން ކަނޑަށް ފުންމާލުމުން އެ މީހުން ސަލާމަތްކޮށްފައި ވެ އެވެ.