ޖޯޖް ފްލޮއިޑަށް ވަނީ ކޮވިޑް-19 ޖެހިފައި
ޖޯޖް ފްލޮއިޑަށް ވަނީ ކޮވިޑް-19 ޖެހިފައި

މިނިއާޕޮލިސް (ޖޫން 4) - ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި މަރާލި ޖޯޖް ފްލޮއިޑަށް ވަނީ އޭނާ މަރުވުމުގެ ހަފުތާތަކެއް ކުރިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކައިފި އެވެ.

ޖޯޖް ފްލޮއިޑަށް ވަނީ ކޮވިޑް-19 ޖެހިފައި
ޖޯޖް ފްލޮއިޑަށް ވަނީ ކޮވިޑް-19 ޖެހިފައި

ހެނެޕިން ކައުންޓީ މެޑިކަލް އެގްޒަމިނާސް އޮފީހުން ހެދި 20 ސަފުހާގެ އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުން އުމުރުން 46 އަހަރުގެ ފްލޮއިޑަށް ބަލިޖެހިފައި ވަނީ އެޕްރީލް 3 ގަ އެވެ. ނަމަވެސް ވައިރަހުގެ ޖެނެޓިކް ކޯޑް މީހުންގެ ހަށިގަނޑުގައި އެތައް ހަފުތާއެއް ވަންދެން ހުރެ އެވެ. ބެލެވޭ ގޮތުގައި ފްލޮއިޑް މަރުވި އިރު އޭނާ އަކީ ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނޫނެވެ.

ފްލޮއިޑުގެ އާއިލާ އިން ވެސް ވަނީ މިނިވަން ފަރާތެއް މެދުވެރިކޮށް އޮޓޮޕްސީ ހަދައިފަ އެވެ. ފްލޮއިޑުގެ އޮޓޮޕްސީ ހެދި އެއް ފަރާތްތަ ކަމަށްވާ ދުނިޔެ އަށް މަޝްހޫރު މެޑިކަލް އެގްޒަމިނަރު ޑރ. މައިކަލް ބާޑެން ނިއު ޔޯކް ޓައިމްސް އަށް ވިދާޅުވީ ކޮރޮނާވައިރަހަށް ފްލޮއިޑް ޕޮޒިޓިވެފައިވާ ކަން ކައުންޓީ އޮފިޝަލުން އޭނާ އަށް އަންގާފައި ނުވާ ކަމަށެވެ.

"ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހެއްގެ އޮޓޮޕްސީ ހަދާ އިރު އޭނާގެ ހަށިގަނޑުގައި އަތްލާ މީހަކަށް ވިއްޔާ އެކަން އަންގަން ޖެހޭނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

ފޮލޮއިޑަށް ކޮވިޑް-19 ޖެހިފައިވީ ނަމަވެސް އޭނާ މަރުވި ސަބަބެއް ކަމަށް އޮޓޮޕްސީ ރިޕޯޓުގައި ބުނެފައި ވަނީ ފުލުސް މީހާ އޭނާގެ ކަރަށް ކަކުލުން އަރައި ފިއްތައިގެން ހުރުމުން ސިކުނޑި އަށް އޮކްސިޖަން ނުލިބި، ނޭވާ ހާސްވެގެން ކަމަށެވެ.

ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޑެރެކް ޗައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން ހުއްޓެވެ. އޭގެ ތެރޭން ގާތްގަނޑަކަށް ހަ މިނިޓްވީ އިރު ފްލޮއިޑުގެ ހަބަރު ވަނީ ހުސްވެފަ އެވެ.