ވޫހާންގެ އެންމެން ޓެސްޓްކުރުން ދެ ހަފުތާ ތެރޭ ނިންމާލައިފި
ވޫހާންގެ އެންމެން ޓެސްޓްކުރުން ދެ ހަފުތާ ތެރޭ ނިންމާލައިފި

ވޫހާން (ޖޫން 3) - ޗައިނާގެ ވޫހާން ސިޓީގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރަން ހިންގި ދެ ހަފުތާގެ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ވޫހާންގެ އެންމެން ޓެސްޓްކުރުން ދެ ހަފުތާ ތެރޭ ނިންމާލައިފި
ވޫހާންގެ އެންމެން ޓެސްޓްކުރުން ދެ ހަފުތާ ތެރޭ ނިންމާލައިފި

މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ސިޓީ ނިސްބަތްވާ ހުބެއި ޕްރޮވިންސްގެ ހެލްތު ކޮމިޝަނުން ބުނީ މެއި 14 އާއި ޖޫން 1 އާ ދެމެދު ގާތްގަނޑަކަށް 9.89 މިލިއަން މީހުން ޓެސްޓްކޮށްފައިވާ ކަމަށެވެ. ވޫހާންގައި އާއްމުކޮށް އުޅެނީ ގާތްގަނޑަކަށް 11 މިލިއަން މީހުން ކަމަށްވެ އެވެ. ނަމަވެސް މުޅި އާބާދީ ޓެސްޓް ކުރަން ފެށުމުގެ ހަފުތާއެއް ކުރިން ޓެސްޓްކޮށްފައިވާ މީހުންނާއި ހަ އަހަރުން ދަށުގެ ކުޑަ ކުދިން ޓެސްޓް ކުރުން ޕްރޮގްރާމުގައި ނުހިމެނެ އެވެ.

ވޫހާންގެ އެންމެން ޓެސްޓްކުރުން ދެ ހަފުތާ ތެރޭ ނިންމާލައިފި
ވޫހާންގެ އެންމެން ޓެސްޓްކުރުން ދެ ހަފުތާ ތެރޭ ނިންމާލައިފި

ވޫހާން އިން އަމާޒުކޮށްފައި ވަނީ މުޅި އާބާދީ 10 ދުވަހުން ޓެސްޓް ކުރުމަށެވެ. އެކަމަށްޓަކައި ވަނީ ދުވާލަކު 100،000 ޓެސްޓް ހެދޭ 60 ސެންޓަރު އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފަ އެވެ. މެއި 22 ވަނަ ދުވަހު އެކަނި ވެސް ވަނީ 1.47 މިލިއަން ޓެސްޓް ހަދައިފަ އެވެ. ހުބެއި ހެލްތު ކޮމިޝަނުގެ ވެބްސައިޓުގައި ބުނެފައި ވަނީ ޕްރޮގްރާމް ފެށިތާ 10 ވަނަ އަށް ވީ ދުވަހު ވަނީ ނުވަ މިލިއަން މީހުން ޓެސްޓްކޮށްފައި ކަމަށެވެ.

ޕީޕަލަސް ޑެއިލީ ނޫހުން ބުނީ މުޅި އާބާދީ ޓެސްޓްކުރަން ހިންގި ޕްރޮގްރާމުން ޕޮޒިޓިވްވި ކަމަށް ދައްކާފައި ވަނީ ގާތްގަނޑަކަށް 300 މީހުންނެވެ. ނަމަވެސް އޭގެ ތެރޭން އެއްވެސް މީހެއްގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ކުރިން ފެނިފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ ވޫހާން އިން ބުނެފައި ވަނީ ޓެސްޓްތަކުން ޕޮޒިޓިވް އާ ކޭހެއް ފެނިފައި ނުވާ ކަމަށެވެ.

ވޫހާންގެ އާބާދީ ކޮރޯނާވައިރަހަށް ޓެސްޓް ކުރަން ހޭދަކޮށްފައި ވަނީ 900 މިލިއަން ޔުއާން (126 މިލިއަން ޑޮލަރު) އެވެ. ވޫހާންގެ ޑެޕިއުޓީ މޭޔަރު ވިދާޅުވީ ސަރުކާރުން އެ ބިލް ދައްކާނެ ކަމަށެވެ.

ޑިސެމްބަރު 31 ގައި ކޮރޯނާވައިރަހަށް ޕޮޒިޓިވް މީހުން މީހުން އެ ސިޓީން ރިޕޯޓްކުރި ފަހުން ވަނީ 50،000 މީހުންނަށް ބަލިޖެހިފަ އެވެ. ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ވޫހާން ސިޓީ ވަނީ 76 ދުވަސްވަންދެން ލޮކްޑައުންކޮށްފަ އެވެ.

ޗައިނާއިން މިހާތަނަށް ވަނީ 83,022 މީހުން ޕޮޒިޓިވްވެ 4،634 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 78,315 މީހުންނެވެ.