މެޕްސް ކޮލެޖުގެ ކޯސްތަކުގެ މައުލޫމާތު ދޭން ވެބިނާއެއް
މެޕްސް ކޮލެޖުގެ ކޯސްތަކުގެ މައުލޫމާތު ދޭން ވެބިނާއެއް

މެޕްސް ކޮލެޖުން ކިޔަވައިދޭ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށް މި މަސްތެރޭ ހާއްސަ ވެބިނާ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް އެ ކޮލެޖުން ނިންމައިފި އެވެ.

އެ ކޮލެޖުން ބުނީ މި ދުވަސްވަރަކީ އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން މުޢާމަލާތްކުރުމަށް އިސްކަންދޭންޖެހޭ ދުވަސްކޮޅަކަށްވާއިރު ކޯސްތަކާ ބެހޭ މައުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް މި ސެޝަންތަކުގެ ޒަރީއާއިން އޮންލައިންކޮށް މައުލޫމާތު ހޯދޭނެ ކަމަށެވެ. މީގެ އިތުރުން މި ވެބިނާތަކުގެ ބައިވެެރިންނަށް ކޮލެޖުގެ މުވައްޒަފުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް މެޕްސް އިން ބުންޏެވެ.

ޒޫމް މެދުވެރިކޮށް ބާއްވާ މި ވެބިނާތަކުގައި މެޕްސް ކޮލެޖުގައި ކިޔަވާދޭ ބޭރުގެ ޔުނިވާސިޓީތަކުގެ ކޯސްތަކާއި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އެހެންކަމުން މި ވެބިނާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ކޮލެޖުގެ ޕޯޓަލް tinyurl.com/MAPSCOLLEGE2020 ބޭނުންކޮށްގެން ސެޝަންތަކުގައި ރަޖިސްޓްރީ ކުރެވޭނެ އެވެ. ވެބިނާތަކުގައި ބައިވެރިވާން ރަޖިސްޓްރީ ކުރާ މީހުންނަށް ބައިވެރިވާނެ ގޮތުގެ އިތުރު ތަފްސީލް މެޕްސް ކޮލެޖުން މެއިލްގެ ޒަރީއާއިން ފޯރުކޮށްދޭނެ އެވެ.

މެޕްސް ކޮލެޖަކީ ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ އެންމެ ގިނަ ދުވަސްވީ އެއް ކޮލެޖެވެ. މިދިޔަ އަހަރުން ފެށިގެން އެކޮލެޖުން ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށާފަ އެވެ. އެ ކޮލެޖަކީ ވިޔަފާރީގެ އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލް ކުރުމަށް ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ކޮލެޖެކެވެ. އަދި ރާއްޖޭގައި ތިބެގެން ބޭރުގެ ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ވެސް އެ ކޮލެޖުން ލިބޭނެ އެވެ.