01 ޖޫން 2020 - 22:15

ޔުމްނާ: ވަޒީފާ ގެއްލިގެން ނުވަތަ ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހޭ މީހުންގެ އަދދު މިހާރު ވަރަށް ގިނަ. ވޭތުވެދިޔަ ދެ ދުވަސްތެރޭގައި ހަތަރު އާއިލާއެއްގެ 26 މީހަކު އެބަ ބަލަހައްޓަން. މި ޓްރެންޑް މިހެން ދާނެ ކަމަކަށް އަޅުގަނޑުމެން ކުރިއަކުން ހިޔެއްނުކުރަން. އެފަދަ ހާލުގައި ތިބި ރަށަށް ބަދަލުވާން ބޭނުންވާ 12 އާއިލާއެއްގެ 97 ނަމެއް އަޅުގަނޑުމެން ވާނީ އެލްޖީއޭ އަށް އެދިފައި.
ޔުމްނާ: ރަށަށް ދިއުމުގެ ކަންކަން މިހާރު ބަލަނީ ޖެންޑާ މިނިސްޓްރީންނެއް ނޫން. އެކަމަކު ބައެއް ހާއްސަ ހާލަތްތަކުގައި ތިބި މީހުން ފޮނުުވުމުގެ ކަންކަން އަޅުގަނޑުމެން އެބަ ކޮށްދެން. އެކަން ކުރަނީ އެލްޖީއޭ އާއި ކައުންސިލް ގުޅިގެން.
ޔުމްނާ: މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުންގެ އަދަދު އަންނަނީ ގިނަވަމުން. އަދި މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންގެ ތެރެއިން ވެސް ބައެއް މީހުން ވަރަށް ބޮޑަށް ހާލުގައި ޖެހިގެން އެހީވާން އެބަ އާދޭ. ރަށްރަށުގެ މީހުންގެ ތެރެެއިން މާލޭގައި އުޅޭ މީހުންގެ ތެރެއިން ވަޒީފާ ގެއްލި، ނުވަތަ މުސާރަ ކަނޑާލައިގެން ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރު ކޮށް ކުލި ދެއްކޭނެ ގޮތެއް ނެތިގެން ރަށަށް ދާން އެދިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 71 ގައި. އެ އަދަދު އަދިވެސް ދަނީ އިތުރު ވަމުން.
ޔުމްނާ: ބަޖެޓުން މިހާތަނަށް 1.6 މިލިއަން ރުފިޔާ ވަނީ ހޭދަވެފައި. އޭގެ ތެރޭގައި ގިނައިން ހޭދަކޮށްފައިވަނީ ކެއިން ބުއިމުގެ ހަރަދަށް.
ޔުމްނާ: ކޮވިޑް ކަންތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިހާތަނަށް ވަނީ 4.6 މިލިއަން ރުފިޔާ ހޭދަކޮށްފައި. މި ފައިސާ އަކީ އެކި ފަންޑުތަކުން ހޭދަކޮށްފައިވާ ފައިސާ. މީގެތެރޭގައި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތައް ހިމެނޭ.
ޑރ. އަފްޒަލް: ބޮޑެތި ކްލަސްޓާތަކުގެ ގޮތުގައި މިހާރު ބަލަނީ 50 އަށް ވުރެ މީހުން ގިނަ ވެއްޖެ ނަމަ. އެހެންވީމަ، މިހާރު އެ ސައިޒްގައި އުޅެނީ 6 ކްލަސްޓާ. ދުވާލަކު މިހާރު ރިކަވާ ވަމުންދާ ނިސްބަތަކީ 27 މީހުން.
މަބްރޫކް: މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 29 ބިދޭސީން.
ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކްގެ އިތުރުން ދެން ބައިވެރިވެ ވަޑައިގަންނަވަނީ ޑރ. އިބްރާހިމް އަފްޒަލް އާއި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ އެވެ.
)ތަފުސީލު އަންނަނީ(