އުރީދޫގެ އިތުރު ޑޭޓާ މި މަހު ވެސް ލިބޭނެ
އުރީދޫގެ އިތުރު ޑޭޓާ މި މަހު ވެސް ލިބޭނެ

ކޮވިޑް-19 ފެތުރުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އުރީދޫގެ ކަސްޓަމަރުންނަށް ދޭން ފެށި އިތުރު ޑޭޓާ މި މަހު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަށް މިހާރު ދިމާވެފައިވާ ހާލަތުގައި ކުރިއަށް ވުރެ ބޮޑަށް އިންޓަނެޓު ބޭނުން ކުރަން ޖެހިފައިވާއިރު، އެ ކުންފުނިން ތައާރަފު ކުރި ހިލޭ ޑޭޓާ އާއި ޕޭމަންޓު ޕްލޭންތައް މި މަހު ވެސް ލިބޭނެ ކަމަށެވެ. މީގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތަކާއި ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކަކާ ގުޅުން ބަދަހި ކުރުމުގައި އިތުރު ލުޔެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

- ޖޫން 15 ގެ ކުރިން "މައި އުރީދޫ" އެޕް ބޭނުންކޮށްގެން ނަގާ ކޮންމެ މަންތްލީ ޑޭޓާ ޕެކޭޖަކަށް 50 ޕަސެންޓުގެ ޑިސްކައުންޓް.

- ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25 ޕަސެންޓުގެ ޑޭޓާ.

- ސުޕަނެޓް ފިކްސް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ދުވާލަކު ހިލޭ ފަސް ޖީބީ ޑޭޓާ.

- އަލަށް "ފަސޭހަ މިނީ" ނަގާ ކޮންމެ ކަސްޓަމަރަކަށް 50 ޕަސެންޓް ބޯނަސް ޑޭޓާ.

- އެމް-ފައިސާ މެދުވެރިކޮށް ސުޕަނެޓް، ޕޯސްޓްޕެއިޑް، ފަސޭހަ ބިލް ދެއްކުމުން ބިލުގެ ފަސް ޕަސެންޓު އަނބުރާ އެމް-ފައިސާ ވޮލެޓަށް.

އުރީދޫން ބުނިގޮތުގައި އެ ކުންފުނިން ޑޭޓާ ޕްލޭނާއި ޕޭމަންޓު ޕްލޭން އެއްމަހުގެ މުއްދަތައް އިތުރުކުރީ މިވަގުތު އެއްވެސް މެދުކެނޑުމެއް ނެތި، ލުއިފަސޭހަ ކަމާއެކު ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައަށް ފުރިހަމަ މައުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލައި ގުޅުން ބޭއްވުމުގެ ފުރުސަތު ދިނުމަށެވެ.

މީގެ އިތުރުން، ސަރުކާރާއި އެޗްޕީއޭ އާއި ކަމާގުޅޭ އެހެން މުއައްސަސާތަކާ ގުޅިގެން ކޮވިޑް-19 އަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގައި އުރީދޫގެ އެހީތެރިކަމާއި އެއްބާރުލުން ކުރިމަގުގައި ވެސް ދޭނެ ކަމަަށް އެ ކުންފުނިން ބުނެ އެވެ.