ވަކީލުން ވިސްނަންވީ މާލީ މަންފާއަކަށް ނޫން، ހައްގުތައް ހިމާޔަތްކޮށްދޭން: އުއްތަމަ ފަނޑިޔާރު
ވަކީލުން ވިސްނަންވީ މާލީ މަންފާއަކަށް ނޫން، ހައްގުތައް ހިމާޔަތްކޮށްދޭން: އުއްތަމަ ފަނޑިޔާރު

ގާނޫނީ ވަކީލުން ވިސްނަންޖެހޭނީ ލިބޭ އާމްދަނީއަށް ނުވަތަ މާލީ މަންފާއަށް ނޫން ކަމަށާއި ވަކީލުންގެ ވިސްނުން އަބަދުވެސް ހުންނަންވާނީ މުވައްކިލުގެ ހައްގުތައް ހިމާޔަތް ކުރަން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވަކީލުން ވިސްނަންވީ މާލީ މަންފާއަކަށް ނޫން، ހައްގުތައް ހިމާޔަތްކޮށްދޭން: އުއްތަމަ ފަނޑިޔާރު
ވަކީލުން ވިސްނަންވީ މާލީ މަންފާއަކަށް ނޫން، ހައްގުތައް ހިމާޔަތްކޮށްދޭން: އުއްތަމަ ފަނޑިޔާރު

ވަކީލުންތަކެއް ހުވާ ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވީ ވަކީލުން މަސައްކަތް ކުރަންޖެހޭނީ މާއްދީ ނުވަތަ މާލީ މަންފާއަށް ނުވަތަ އާމްދަނީއަށް ބަލައިގެން ނޫން ކަމަށާއި ވަކީލުންގެ މަސައްކަތަކަށް ވާންޖެހޭނީ މުވައްކިލުންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް މަސައްކަތް ކުރުން ކަމަށެވެ. އެކަމުގައި އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު މަސައްކަތް ކުރަން އަބަދުވެސް ޖެހޭނެ ކަން ހުރިހާ ވަކީލުން ވެސް ދަންނަންޖެހޭ ކަމަށް އުއްތަމަ ފަނޑިިޔާރު ސައީދު ވިދާޅުވި އެވެ.

ވަކީލުން ވިސްނަންވީ މާލީ މަންފާއަކަށް ނޫން، ހައްގުތައް ހިމާޔަތްކޮށްދޭން: އުއްތަމަ ފަނޑިޔާރު
ވަކީލުން ވިސްނަންވީ މާލީ މަންފާއަކަށް ނޫން، ހައްގުތައް ހިމާޔަތްކޮށްދޭން: އުއްތަމަ ފަނޑިޔާރު

"ތިމާގެ މުވައްކިލުގެ ހައްގު ދިފާއުކުރަން މަސައްކަތް ކުރާއިރު އަނެއް ފަރާތާ މެދު ވެސް ނުހައްގުން ނުވަތަ ބޭއިންސާފުން ކަންކަން ނުކުރަން ފަރުވާތެރި ވާންޖެހޭނެ. ހަމަ އެގޮތަށް ވަކީލުންގެ ޚިދުމަތުގައި ހުރެ އެއްވެސް ވަކީލަކު އަމިއްލަ ނަފްސާއި ލީގަލް ޕްރޮފެޝަންގެ ނަމަށް ހުތުރުވާ ފަދަ ކަމެއް ކޮށްގެން ނުވާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ވަކީލުން ވިސްނަންވީ މާލީ މަންފާއަކަށް ނޫން، ހައްގުތައް ހިމާޔަތްކޮށްދޭން: އުއްތަމަ ފަނޑިޔާރު
ވަކީލުން ވިސްނަންވީ މާލީ މަންފާއަކަށް ނޫން، ހައްގުތައް ހިމާޔަތްކޮށްދޭން: އުއްތަމަ ފަނޑިޔާރު

ރާއްޖޭގެ ކޯޓުތަކުގެ މިހާތަނަށް މުހިންމު އަދި ފާހަގަކުރެވޭ އެތައް ނިންމުންތަކެއް ނިންމާފައިވާ ކަމަށާއި އެ ނިންމުންތައް ނިންމާފައިވަނީ ވަކީލުންގެ ބައިވެރިވުމާއި އެހީތެރިކަން ވެސް ލިބިގެން ކަމަށް އުއްތަަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގައުމަށް އަންނަ ތަރައްގީއާ އެކު ގާނޫނީ ދާއިރާއަށް ވެސް ޒަމާނީ ބަދަލުތައް އަންނަންޖެހޭ ކަމަށާއި އެހެންވެ ޒަމާނީ ބައެއް ބަދަލުތައް ޝަރުއީ ނިޒާމަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މަދަނީ މައްސަލަތަކުގައި ޝަރީއަތް ހިންގުމުގެ ކުރިން ސުލްހަވެރި ހައްލެއް ލިބޭތޯ މަސައްކަތް ކުރަންޖެހޭ އުސޫލު ގާއިމްކޮށް، އިތުރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ގައުމަށް ތަރައްގީގެ މަގުގައި ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް އިތުރުވަމުންދާއިރު އެކަންކަމަށް ވަކީލުން ވެސް ތައްޔާރުވުމަށް އުއްތަމަ ފަނޑިޔާރު ސައީދު ގޮވާލެއްވި އެވެ.

އެ ރަސްމިއްޔާތުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ރާއްޖޭގައި ގާނޫނީ ދާއިރާ ކުރިއަރަންޖެހޭ އެންމެ ފުރިހަމަ މިންވަރަށް ކުރި ނާރަނީ ވަކީލުން ސިޔާސީ ނުވަތަ އަމިއްލަ އެޖެންޑާތަކެއް ކުރިއަށް ނެރެމުންދާތީ ކަމަށެވެ. އެކަމުގެ ސަބަބުން އެ ވަކީލަކަށް ޕްރޮފެޝަނަލް ކަމާ އެކު މަސައްކަތް ނުކުރެވޭ ކަމަށް އަނިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަން ނެތީމަ. ބައެއް ބޭފުޅުން އަމިއްލަ އެޖެންޑާ އެބަ ކުރިއަށް ނެރުއްވާ. ގާނޫނީ ވަކީލުން ކަމަށް ވިދާޅުވެ، ސިޔާސީ ޕާޓީތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އެ ބޭފުޅުންގެ ސިޔާސީ ފިކުރާ އެކު ގާނޫނީ ވަކީލުންގެ ފަންނު ކުރިއެއް ނާރާނެ،" އަނިލް ވިދާޅުވި އެވެ

ރާއްޖޭގައި މިހާތަނަށް 1،100 އެއްހާ ވަކީލުން ތިބިއިރު ބޭނުންވާ މިންވަރާ ގާތަށް ވެސް ވަކީލުންގެ އެހީތެރިކަން ގައުމަށް ލިބެމުން ނުދާ ކަމަށް އަނިލް ވިދާޅުވި އެވެ. ވަކީލުން ކުރަންޖެހޭ ހަމައެކަނި މަސައްކަތަކީ ވަކާލާތު ކުރުން ނޫން ކަމަށާއި ގާނޫނީ ލަފާ ދިނުމާއި ގާނޫނުތައް ޑްރާފްޓް ކުރުން ފަދަ ކަންކަމަކީ ވެސް ވަކީލުންނަށް ކުރެވޭނެ މަސައްކަތްތައް ކަމަށާއި އެކަންކަމަށް ވަކީލުން ވިސްނުމަށް އަނިލް ގޮވާލެއްވި އެވެ.

ގާނޫނީ ދާއިރާއާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ ބިލް ގާނޫނަކަށް ބަދަލުވުމުން ވަކީލުންގެ ހައްގުތައް ވެސް ހިމާޔަތް ކުރެވޭނެ ކަމަށް އަނިލް ވިދާޅުވި އެވެ.

ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވި އެ ރަސްމިއްޔާތުގައި ވަކީލުކަމުގެ ހުވާކުރި 134 މީހުންގެ ތެރެއިން 60 ޕަސެންޓަކީ އަންހެނުންނެވެ. މިއީ ވަކީލުކަމުގެ ހުއްދަ ދިނުން ސުޕްރީމް ކޯޓުގެ ދަށަށް މިދިޔަ އަހަރު ބަދަލުކުރި ފަހުން ވަކީލުކަމުގެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ. ވަކީލުންނަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ވަކީލުކަމުގެ ހުއްދަ ދިނުން އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ދަށަށް އެކަން ބަދަލުކުރީ އެ ކޯޓުން ނެރުނު ރޫލިންއަކުންނެވެ. މިހާރު ވަކީލުކަމުގެ ހުއްދަ ދެނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެޓާނީ ޖެނެރަލް ހިމެނޭ ކޮމެޓީއަކުންނެވެ.