ތިން ގައުމަކުން 100 އަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްފި
ތިން ގައުމަކުން 100 އަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްފި

ތިން ގައުމެއްގައި ތިބި 100 އަށް ވުރެ ގިނަ ދިވެހިން މިއަދު ހެނދުނު ރާއްޖެ ގެނެސްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓުގައި، ބެލަރޫސްގައި ކިޔަވަން ތިބި 48 ދަރިވަރުންނާއި އިނގިރޭސިވިލާތުން 23 ދިވެހިން އަދި ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ 32 ދިވެއްސަކު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

ރާއްޖެ ގެނައި 103 ދިވެހިން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަރަަންޓީން ފެސިލިޓީއަށް ގެންދާނެ އެވެ.

ލަންކާ އިން، ހަމައެކަނި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ މީހުން ގެނެސްފައިވަނީ ލިމިޓެޑް ސީޓް ހުރުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އެންމެން ވެސް ޓިކެޓު ނަގާފައިވަނީ އަމިއްލައަށެވެ. އެގޮތުން އެ ފަލްއިޓުން ދަތުރު ކުރުމަށް، ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުން މިިދިޔަ ހުކުރު ދުވަހު ލަންޑަނަށް ދިޔަ އެވެ.

ބެލަރޫސްގައި 139 ދިވެއްސަކު ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރޭގައި ގިނައީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނެވެ. މި ވަގުތު އަންނަން ބޭނުންވެފައި ތިބި އެ ހުރިހާ ދަރިވަރުން ރާއްޖެ ގެނެސްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުގައި ތާށިވި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެ ގެނެސްފައިވެ އެވެ.