02 ޖޫން 2020 - 17:20

ބެއިޖިން (ޖޫން 2) - ކޮރޯނާވައިރަހަށް ޗައިނާ އިން އުފައްދާ ވެކްސިން މި އަހަރުގެ ނިމުމުގެ ކުރިން ލިބޭވަރު ވާނެ ކަމަށް އެ ގައުމުގެ ސަރުކާރުގެ އެޖެންސީއެއް ކަމަށްވާ އެސެޓްސް ސުޕަވިޝަން އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޝަނުން ބުނެފި އެވެ.
ވޫހާން އިނސްޓްޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އަދި ބެއިޖިން އިސްޓްޓިއުޓް ބަޔޮލޮޖިކަލް ޕްރޮޓަކްސް އިން އުފައްދާ ވެކްސިން މިހާރު ވަނީ 2،000 މީހުން ބޭނުންކޮށްގެން ޓެސްޓްކޮށްފަ އެވެ. އެ ވެކްސިންތައް މިހާރު ވަނީ ކްލިނިކަލް ޓެސްޓްތަކުގެ ދެ ވަނަ މަރުހަލާގަ އެވެ.
ބެއިޖިން އިސްޓްޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޓަކްސް އިން އަހަރެއްގެ ތެރޭ 100-120 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށްވެ އެވެ.
ކޮރޯނާވައިރަހަށް އުފައްދާ ފަސް ވެކްސިނެއް އިންސާނުން ބޭނުންކޮށްގެން ޓެސްޓް ކުރުމުގެ މަރުހަލާގައިވާ ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު ޒެންގް ޔިޒިން ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޕްލޭނާ އެއްގޮތަށް ދާނަމަ ކްލިނިކަލް ޓްރަޔަލްތަކުގެ ދެ ވަނަ ފިޔަވަހި ޖުލައި މަހު ނިމޭނެ ކަމަށެވެ.
ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.