30 މެއި 2020 - 16:12

މިހާތަނަށް 23،860 ސާމްޕަލް ވަނީ ނަގާފައި. މީގެ ތެރޭގައި އެކެއްގެ ރިޕީޓް ސާމްޕަލްތައް ވެސް ހިމެނޭ. ކަރަންޓީނުގައި 1،478 މީހަކު ތިބި އިރު 1،291 މީހަކު އައިސޮލޭޝަންގައި އެބަތިބި
ޑރ. އަފްޒަލް: މި ދުވަސްވަރު އެކްޓިވް ސާމްޕްލިންގެ މަސައްކަތް ކުރިއަށް ދާތީ، ގެއިން ބޭރަށް ދާއިރު އައިޑީކާޑު ގެންގުޅުން އެދެން. އެއީ ސާމްޕަލް ނަގާ ނަމަ އެއީ ކާކުކަން ދެނެގަންނަން ޖެހޭތ ކަމަށް ވިދާޅުވި.
ޑރ. އަފްޒަލް ވިދާޅުވީ ގެ ސާފުކުރަން، އެހެން ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން މިހާރު ވެސް ބައެއް ގޭގެ އަށް ގެންދާ ކަމަށާއި މިއީ ރައްކާތެރިކަމެއް ނޫން ކަމަށް. މި ދުވަސްވަރު އެންމެ ރަނގަޅީ ގޭގައި އުޅޭ މީހަކު އެފަދަ މަސައްކަތްތައް ކުރުން ކަމަށް ވިދާޅުވި.
ޑރ. އަފްޒަލް ދެއްކެވި ގްރާފްތަކުގައިވާ ގޮތުން ޕޮޒިޓިވް މީހުންގެ ކޮންޓެކްޓްސްގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރީ އެންމެ އަށް ޕަސެންޓް މީހުންގެ. ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓްސްގެ އަދަދު މިހާރު ވަރަށް ދަށް ކަމަށް ވެސް ވިދާޅުވި
އެޕިޑެމިއޮލޮޖިސްޓް ޑރ. އަފްޒަލް: އަދިވެސް ހުރީ އަލަށް ބަލި ޖެހޭ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި. އަދި ފްރަންޓްލައިންގައި އުޅޭ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް އަންނަނީ ދަށްވަމުން. މިއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުމުގެ ނަތީޖާ ކަމަށް ވިދާޅުވި
އިއްޔެ އާއި މިއަދު ބަންގްލަދޭޝްގެ 390 މީހަކު ގައުމަށް ވަނީ ފޮނުވާލާފައި. މީގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިމެނޭ.
ރޭގެ މެންދަމު 12:00 އިން ފެށިގެން މިހާތަނަށް ވަނީ 81 ޕޮޒިޓިވް ކޭސް ފެނިފައި. މިހާރު މި އަދަދާ އެކު ޖުމްލަ އަކީ 1،672.
ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 401 މީހަކު ރަނގަޅުވެފައިވާ ކަމަށް އެންއީއޯސީ އިން މިރޭ ހާމަކޮށްފި. ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަލަށް އިއްޔެ ފެނުނު މީހުންގެ ތެރެއިން 15 މީހަކީ އެކި ކޭސްތަކާ ގުޅުން ހުރި މީހުން ކަމަށް. އަދި ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،170 މީހުންނަކީ އެކި އެކި ކްލަސްޓާތަކާ ގުޅުން ހުރި މީހުން ކަމަށް
ކޮވިޑް-19އަށް ރާއްޖެއިން އިތުރު 42 މީހަކު މިއަދު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1،633 އަށް އަރައިފި އެވެ.
މިއަދު މެންދުރުފަހު 3:00 އާ ހަމައަށް ޕޮޒިޓީވް ވީ ބަންގްލަދޭޝްގެ 28 މީހުންނާއި، އިންޑިއާ 13 މީހުންގެ އިތުރަށް ދިވެއްސެކެވެ.
މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 242 މީހުން ވަނީ ރަނގަޅުވެފަ އެވެ. މިހާރު ފަރުވާދެމުން އަންނަނީ 1،386 މީހަކަށެވެ.
މިދިޔަ 2-3 ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތަފްސީލީ މައުލޫމާތެއް އެޗްޕީއޭއަކުން އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖެއިން މިހާތަނަށް މި ބަލީގައި މަރުވެފައި ވަނީ ފަސް މީހުންނެވެ. އެންމެ ފުރަތަމަ މަރުވި މީހާ އާއި އެންމެ ފަހުން މަރުވި ބިދޭސީ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުންނެވެ.
އޭޕްރިލް 15 ގައި މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ ބަލިމީހަކު ފެނުމާ އެކު މާލެ ސަރަހައްދު ފުލް ލޮކްޑައުންއެއްގައި އޮންނަތާ ދޮޅު މަސް ވެއްޖެ އެވެ. ބަލި ފެނުނުތާ ކުރީކޮޅު ކޮންމެ ދުވަހަކު ޕޮޒިޓިވް ވާ އަދަދުތަކާ އަޅާބަލާއިރު މިހާރު އެ އަދަދުތައް ވަނީ ދަށްވެފަ އެވެ.
ލޮކްޑައުންއަށް ލުއިތަކެއް ވެސް މިހާރު އަންނަނީ ދެމުންނެވެ. އެކަމަކު މި ލުއިތަކާ އެކު ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް، ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅެން އިލްތިމާސްކުރެ އެވެ.