އިތުރު 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1،591 އަށް
އިތުރު 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1،591 އަށް

އިތުރު 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. އެޗްޕީއޭ އިން ބުނީ މިރޭގެ 3:30 އާ ހަމައަށް ޕޮޒިޓިވްވީ ބަންގްލަދޭޝްގެ 29 މީހަކާއި 13 ދިވެއްސަކާއި އިންޑިއާގެ ދެ މީހަކު ކަމަށް. މި ނަމްބަރުތަކާ އެކު، ރާއްޖެ އިން އެ ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 1،591.

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 34 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެ އިދާރާ އިން ބުނީ މިރޭ 9:00 އާ ހަމައަށް ބަންގްލަދޭޝްގެ 21 މީހަކާއި 12 ދިވެއްސަކާއި އިންޑިއާގެ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންވެ، ރާއްޖެ އިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 1،547 އެވެ.

މިދިޔަ މާޗް 7 ން ފެށިގެން ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 242 މީހެކެވެ. އެ ބަލީގައި ފަސް މީހަކު މަރުވެފައިވާއިރު މިހާރު ފަރުވާގައި ތިބީ 1،300 މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ދުވަސްވީ މީހާގެ އުމުރަކީ 89 އަހަރެވެ. އެންމެ ތުއްތު ކުއްޖާ އަށް ވީ 11 މަހެވެ.