30 މެއި 2020 - 09:35

ކޮވިޑް-19 ހެދި ރިލީޒްކުރަން ފަސްކުރި، މަޝްހޫރު ވީޑިއޯ ގޭމް "ފޯޓްނައިޓް" ފަހު ސީޒަން ރިލީޒްކުރުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.
ކުރިން އެޕްރީލް މަހުގެ 30 ގައި ނެރެން އޮތް "ޗެޕްޓާ 2، ސީޒަން 3" ޖޫން މަހުގެ 4 އަށް ފަސްކޮށްފައި ވަނިކޮށް ތާރީހަށް ދެވަނަ ފަހަރަށް ގެނައި ބަދަލާ އެކު މިހާރު ގޭމް ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 11 ގަ އެވެ.
މިގޮތަށް ނިންމީ "ފޯޓްނައިޓް" ނެރޭ ކުންފުނި އެޕިކް ގޭމުން ބާއްވަން ނިންމި ލައިވް އިވެންޓެއް އަންނަ މަހުގެ 6 އަށް ފަަސްކުރަން ޖެހުމާ ގުޅިގެންނެވެ.
އެެޕިކް ގޭމުން ބުނެފައިވާ ގޮތުގައި ގޭމްގެ އާ ސީޒަންވެގެން ދާނީ ހުރިހާ ގޮތަކުން ވެސް ވަރަށް ޝައުގުވެރި އަދި އުންމީދު ވެސް ނުކުރާ ކަހަލަ ގިނަ ސަޕްރައިޒްތަކެއް ވެސް އެކުލެވޭ ސީޒަނަކަށް ކަމަށެވެ.
މިހާރު 250 މިލިއަނަށް ވުރެ ގިނަ މީހުން ކުޅޭ "ފޯޓްނައިޓް" އަކީ ޖުލައި 21، 2017 ގައި ނެރުނު އޮންލައިން ގޭމެކެވެ.
މި ގޭމަކީ ހަނގުރާމައިގެ މައިދާނަކަށް ކުޅުންތެރިން ގެންގޮސްދޭ ގޭމެކެވެ.