ކޮވިޑް-19 އަށް އިތުރު 19 މީހަކު ޕޮޒިޓިވް، ޖުމްލަ އަދަދު 1،457
ކޮވިޑް-19 އަށް އިތުރު 19 މީހަކު ޕޮޒިޓިވް، ޖުމްލަ އަދަދު 1،457

ކޮވިޑް-19 އަށް އިތުރު 19 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1،457 އަށް މިއަދު އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓުގައި ބުނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހަކާއި އިންޑިއާ އަދި ނޭޕާލުން، ކޮންމެ ގައުމުން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަދި ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 750 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ދެ މީހަކު މަރުވެފައި ވެ އެވެ.

ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 511 އެވެ. އިންޑިއާގެ 146 އަދި ލަންކާގެ ނުވަ މީހަކު ޕޮޒޓިވްވެފައި ވެ އެވެ.

ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 232 އެވެ.