ރާއްޖެއާ އޮތް ގުޅުމުގައި ބޮޑުވަޒީރު ރާޖަޕަކްސަ އަކީ ޗެމްޕިއަނެއް: ރައީސް
ރާއްޖެއާ އޮތް ގުޅުމުގައި ބޮޑުވަޒީރު ރާޖަޕަކްސަ އަކީ ޗެމްޕިއަނެއް: ރައީސް

ރާއްޖެ އާއި ސްރީލަންކާގެ ގާތް ގުޅުމުގައި، އެ ގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަކީ ޗެމްޕިއަނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް މެމްބަރެއްގެ ގޮތުގައި ގައުމަށް ހިދުމަތްކުރައްވާތާ 50 އަހަރު ފުރުމުން އެކަމަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދިގު ހިދުމަތުގައި ރާޖަޕަކްސާ ވަނީ ދެ ގައުމުގެ ގުޅުމުގައި މުހިއްމު އިސް ދައުރެއް އަދާކުރައްވާފައި ކަމަށެވެ.

ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަަހު، ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެ އެވެ. އަދި އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރާޖަޕަކްސާގެ ދަރިކަލުން، ނަމަލް ރާޖަޕަކްސަ ވަޑައިގަތެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ރާއްޖެ ވަޑައިގަތެވެ. އެ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވި އެވެ.

އެމަނިކުފާގެ ދައުވަތަކަށް، އޭރު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވަނީ ސެޕްޓެމްބަރު 2، 2019 ގައި ރާއްޖެ ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި، ދިވެހިންނަށް ތިން މަސް ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް ވިސާގެ އާ އިންތިޒާމުތަކެއް ހަމަޖައްސައިި ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެ އެވެ.