"ޑޮކް ސަވޭޖް" އަށް ރޮކް ސޮއިކޮށްފި
"ޑޮކް ސަވޭޖް" އަށް ރޮކް ސޮއިކޮށްފި

މަޝްހޫރު ކޮމިކް ވާހަކަ "ޑޮކް ސަވޭޖް" އަށް ބިނާކޮށްގެން ހަމަ އެ ނަމުގައި ހަދާ ފިލްމަށް ޑްވޭން ޖޯންސަން (ދަ ރޮކް) ސޮއިކޮށްފި އެވެ.

"ޑޮކް ސަވޭޖް" އަށް ރޮކް ސޮއިކޮށްފި
"ޑޮކް ސަވޭޖް" އަށް ރޮކް ސޮއިކޮށްފި

މިހާރު ވެސް "ބޭވޮޗް" އާއި "ފާސްޓް އެންޑް ފިއުރިއަސް 8" ގެ މަސައްކަތް ކުރަމުން އަންނަ އެކްޓަރު އެ ފިލްމަށް ސޮއި ކުރިކަން އޭނާ ވަނީ އިސްޓަގްރާމްގައި ފޭނުންނާ ހިއްސާކޮށްފަ އެވެ.

އެ ފިލްމުގެ ކްރިއޭޓިވް ޓީމާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ރޮކް ވަނީ އާންމުކޮށްފަ އެވެ.

ސޮނީ ޕިކްޗާސް އިން އުފައްދާ "ޑޮކް ސަވޭޖް" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ޝޭން ބްލަކް އެވެ.

"އަޔަން މޭން 3" ޑައިރެކްޓްކޮށް، "ލީތަލް ވެޕަން" ފަދަ މަޝްހޫރު ފިލްތަކުގެ ސްކްރީންޕްލޭ ވެސް ލިއުނު ޝޭން "ޑޮކް ސަވޭޖް" ގެ މަސައްކަތް ފަށާނީ އޭނާ މިހާރު ޑައިރެކްޓް ކުރަމުން އަންނަ "ޕްރެޑޭޓާ ރީބޫޓް" ގެ މަސައްކަތް ނިންމައިލުމަށް ފަހު އެވެ.

ޝޭން އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ ރަސަލް ކްރޯ އާއި ރިއަން ގޮސްލިން ލީޑް ރޯލް ކުޅެފައިވާ "ދަ ނައިސް ގާއިސް" އެވެ. އެ ފިލްމް ރިލީޒް ކުރީ މި މަހުގެ 15 ގަ އެވެ.

"ޑޮކް ސަވޭޖް" ކުޅެން ލިބުމުން ވަރަށް އުފަލުން ހުރި ރޮކް ދެން އެންމެ އަވަހަށް ފެންނާނީ އަންނަ މަހުގެ 17 ގައި ރިލީޒް ކުރާ "ސެންޓްރަލް އިންޓަލިޖެންސް" އިންނެވެ.