ލޮކްޑައުން ލުއިކުރަން ދުވާލަކަށް 50 ކޭސް ގިނައެއް ނޫން: އަފްޒަލް
ލޮކްޑައުން ލުއިކުރަން ދުވާލަކަށް 50 ކޭސް ގިނައެއް ނޫން: އަފްޒަލް

މަބްރޫކް: އަބަދު ލޮކްޑައުނެއްގައި ނުތިބެވޭނެ. މިކަމުން ސަލާމަތްވާން، އަދި މިކަމަށް ލުއިތައް ދޭން ވަރަށް ގިނަ މަސައްކަތްތައް އެބަ ކުރެވޭ. ގިނަ ގައުމުތަކުން ހެދި މިސްޓޭކަކީ ހުޅުވާލި އިރު ފިޔަވަހިތަކަކަށް ނުބަހާ ހުޅުވާލުންް. އަޅުގަނޑުމެން މި ހުޅުވާލަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން. ފުރަތަމަ ފޭސް ހުޅުވާލައިފައިވާ އިރު ދެ ވަނަ ފޭސް އަށް އަޅުގަނޑުމެން ނުދާނެ މަދުވާން ފެށީމަ ނޫނީ. އެއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޕްލޭންތައް ކޮށްގެން ކުރާ ކަމަކީ ވެސް. އަޅުގަނޑުމެން މި ރޫހުގައި މި މަސައްކަތް ކުރަނީ އެހެން.

އަފްޒަލް: ދުވާލަކަށް 50 ކޭސް ފެނުމަކީ މިފަދަ ބައްޔަކަށް ގިނަ އަދަދެއް ނޫން. މާލޭގެ އާބާދީ އަށް ބަލާއިރު ފެތުރޭ އެހެން ކަހަލަ ބަލިތައް، މިސާލަކަށް އަރިދަފުސް ރޯގާ އިންފްލުއެންޒާ ކަހަލަ ބަލިތަކަށް ބަލާއިރު ވެސް މިއީ ހަގީގަތުގައި އެއީ ހައިއެއް ނޫން. އަޅުގަނޑުމެން އެންމެން ވެސް ބޭނުންވާނީ ޒީރޯ އަކަށް ގޮސްގެން މިކަން ފަސޭހަ ކުރަން. އެކަމަކު ބެކް ޓު ނޯމަލް އަކަށް ދާން ފަށާނީ ވަކި ލެވެލްއެއްގައި ހިފެހެއްޓިގެން.

ޑރ. އަފްޒަލް: މަރުވި ބިދޭސީއާ ގުޅިގެން ހާލަތަށް ވަކި އިތުރު ބަދަލެއް ނާންނާނެ. އޭނާއަކި ބޮޑު ކުންފުންޏެއްގައި މަސައްކަތް ވެސް ކުރާ މީހެއް ނޫން. އެކަމަކު މި ކޭސްގައި ވެސް ކޮންޓެކްޓް ޓްރޭސިން ހެދިގެން ދާނެ.

އަފްޒަލް: ޑިޓާޖެންޓް ބޭނުން ކޮށްގެން ރަނގަޅަށް މާސްކް ދޮންނަން ވާނެ. އަދި މާސްކް ނައްޓާއިރު ލޮލުގައި އަތްލައިގެން ނުވާނެ.

ޑރ. އިބްރާހިމް އަފްޒަލް: ފޭސް މާސްކްތައް ހުންނަން ވާނީ ނޭފަތާއި އަނގަމަތި ރަނގަޅަށް ކަވަރުކުރެވިފައި. މާސްކްގައި މަދުވެގެން ދެ ލޭޔަރު ނުވަތަ ތިން ލޭޔަރު ހުންނަން ވާނެ. މާސްކް އަޅައިގެން ހުންނަ އިރު ފަސޭހައިން ނޭވާ ލެވެން ވެސް ޖެހޭނެ. މާސްކް ހަދައިފައި ހުންނަ ފޮއްޗަކީ އެކަށީގެންވާ ފޮއްޗަކަށް ވާން ޖެހޭނެ. އެކަމަކު މާސްކް އެޅިޔަސް އޭގެ މާނައަކީ އަތްދޮވުމާއި ގައި ދުރުކަން ބެއްޓުން އެއީ މުހިންމު ކަމެއް. އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިން މާސްކް އަޅުވައިގެން ނުވާނެ. ސަބަބަކީ އެވަރުގެ ކުދިންނަށް އޭތި ނައްޓާލަން ބޭނުންވާ ވަގުތު ނައްޓާލަން ނޭނގިދާނެތީ. އެވަރުގެ ކުދިން ސަލާމަތްް ކުރަން މި ޖެހެނީ އެހެން މީހުން މާސްކް އަޅަން.

މަބްރޫކް: ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 43 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި. އެހެންވެ މިހާތަނަށް ރާއްޖެ އިން 1438 މީހުންނަށް ވަނީ މި ބަލި ޖެހިފައި.

ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒު ދެންމެ ވިދާޅުވީ މަރުވީ ބަންގްލަދޭޝްގެ 45 އަހަރުގެ މީހެއް ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށް. އޭނާ ވަޒީފާ އަށް ނުނުކުންނަތާ ދެ މަސްވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި. އޭނާ އަކީ ހިތުގެ ބަލީގެ މީހެއް ކަމަށާއި އެ ބަލި ބޮޑުވެގެން އޭނާ މިދިޔަ މާޗުގައި އެނބުރި ރަށަށް ދާން ވެސް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވި. އޭނާގެ މަރާ އެކު، ރާއްޖެ އިން ކޮވިޑް ބަލީގައި މިހާތަނަށް މި މަރުވީ ފަސް ވަނަ މީހާ.

މަގުމައްޗަށް ރޭ ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށާއި އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްް ވެފައި ކަމަށް އެންއޯއައިސީ އިން ދެންމެ ބުނެފި އެވެ.

އިތުރު ތަފުސީލު އަންނަނީ