25 މެއި 2020 - 17:13

ނަޒްލާ: އެންޓި ބޮޑީ ޓެސްޓްގައި މި ބަލަނީ ދެ ކަމެއް. އޭގެ ތެރެއިން މި ބަލަނީ ވޭތުވެދިޔަ 10 ވަރަަކަށް ދުވަސް ކުރިއަށް ބަލި ޖެހިފައި ހުރިތޯ. މީގެ އިތުރުން ދެން މި ބަލަނީ ބަލި ޖެހި ރަނގަޅުވެފައި ހުރިތޯ. މީގެ ދެ ބާވަތް ވެސް ފެނިފައި ހުރީ. އޭގެ އިތުރު މައުލޫމާތުތައް ހާމަކުރާނަން އަދި.
މަބްރޫކް: ފުރަތަމަ ފިޔަވަހީގައި ޕްރައިވެޓް އޮފީސްތަކެއް ނުހުޅުވާނެ. އެއީ ގާތްގަނޑަކަށް އެއް މަސް ދުވަސް.
މަބްރޫކް: މަޖިލީހުގެ ޖަލްސާ އާ ބެހޭ ގޮތުން އަޅުގަނޑަކަށް ގާނޫނީ ގޮތުން އެއްޗެއް ދަންނަވާކަށް ނޭނގެ. ޑީޖީ ވަނީ އަމުރު ނެރުއްވާފައި، މިކަމާ ބެހޭ ފަސް ލިޔުމެއް ނެރުއްވާފައި. މި ގާނޫނުގެ ތެރޭގައި އިސްތިސްނާ ލިބިފައިވާ ބައެއް ތިބޭ. ވަޒީރުންނަށް ވެސް ރަސްމީ ކަމެއްގައި ވަޑައިގަންނަވަން ވެއްޖިއްޔާ ވަޑައިގަންނަވަން ޖެހެނީ ފުލުހުންގެ ހުއްދައާ އެކު.
ނަޒްލާ: މިއަދު ދަރިފުޅު ބަނޑަށް މަރުވި މީހާގެ މައްސަލައިގައި މައުލޫމާތު ހޯދާލި އިރު ޕޭޝަަންޓް ފުރަތަމަ ށ. އަތޮޅު ހޮސްޕިޓަލަށް ދާން އެދުނު. އެކަމަކު އެތަން މިހާރު ކޮވިޑް ހޮސްޕިޓަލަށް ބަދަލު ކުރާތީ ކުޅުދުއްފުއްޓަށް ދާނ އެދި ހުރިހާ ކަމެއް ހަމަޖަައްސައިދިން. އެކަމަކު އިއްޔެ ނެތް އޭނާ ހޮސްޕިޓަލަށް ގޮސްފައެއް. އޭނާ ވަނީ މިލަންދު އަށް މިއަދު ގޮސްފައި. އޭރު ވަނީ ދަރިފުޅު ނިޔާވެފައި.
މަބްރޫކް: މަޖިލީހުގެ ޖަލްސާ އާ ބެހޭ ގޮތުން އެންއޯއީސީ އާ އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނެތް. އެކަމަކު ރަސްމީ ސިފައެއްގައި އަދި އެއްވެސް ލިޔެކިޔުމެއް ލިބިފައެއް ނެތް. އެކަމަކު މަޖިލީހުގެ އިދާރާއިން ފޯނު ކޯލެއް ކުރައްވާފައިވާ ކަން އެނގޭ.
ނަޒްލާ: މަނަދޫ ކޭޭޭހުގެ މައްސަލާގައި ޓެގުން މިހާރު ނިންމާފައި ވަނީ 14 ދުވަސް ވަންދެން ކަރަންޓީނުގައި މަޑުކުރުމަށް. މީގެ އިތުރުން ހެރަތެރަ އާއި ފުރަވެރިގެ ސާމްޕަލްތަކުގެ ނަތީޖާ ލިބި މާދަމާ ދޫކޮށްލަން ޖެހޭ މީހުން ދޫކޮށްލާނެ.
ނަޒްލާ: ކޮވިޑް ބަލީގައި އެންމެ ފުރަތަމަ ނިޔާވި މީހާގެ މައްސަލާގައި ސާމްޕަަލް ނެގުން ވަނީ ލަސްވެފައި. އެހެންވީމަ މިހާރު އެކަންކަން އިސްލާހުކޮށް ޕްރޮސީޖާތައް ރަނގަޅުކޮށްފައިވާނެ.
މަބްރޫކް: އުމުރުން ދުވަސްްވީ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޓެސްޓް ހަދަން ދެކޮޅު ހަދާތީ އެކަން މިހާރު ނުކުރާ ގޮތަށް ވަނީ ނިންމައިފައި. ޓެގުން ލަފާ ދީފައި ވަނީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ފަސް ޕަސެންޓް މީހުން ޓެސްޓް ހަދަން. އެއީ 170 މީހުންގެ. އެކަމަކު މިހާތަނަށް ޓެސްޓް ކުރެވިފައި ވަނީ 105 މީހުން. އޭގެ ތެރެއިން ޕޮޒިޓިވްވީ އެންމެ މީހަކު.
ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. ނަޒްލަ ރަފީގު.
ކޮވިޑް-19 އަށް އިތުރު 24 މީހަކު މިއަދު ޕޮޒިޓިވްވެއްޖެ އެވެ. އެއާއެކު ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1،395 އަށް އަރައިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މިއަދު ހަވީރު 4:30 އާ ހަމައަށް ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހުން އަދި އިންޑިއާގެ ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ފަރުވާއެއް ހޯދިފައިނުވާ މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު އުޅެނީ 498 ގަ އެވެ. ބޭރު މީހުންގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 706 މީހަކު ޕޮޒިޓިވްވެފައިވާއިރު އިންޑިއާގެ 142 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
އެ ބަލީގައި މިހާތަހަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ ޒުވާނެއް ވެސް ހިމެނެ އެވެ.