ބޭނުންވާ ވެހިކަލްތައް މަހެއްހާ ދުވަހުގެ ތެރޭގައި ގެނެވޭނެ: ޖުނެއިދު
ބޭނުންވާ ވެހިކަލްތައް މަހެއްހާ ދުވަހުގެ ތެރޭގައި ގެނެވޭނެ: ޖުނެއިދު

މާލޭގެ ވިޔަފާރީގެ ބަނދަރުގެ ހިދުމަތްތައް ރަނގަޅުކުރުުގެ ގޮތުން އޯޑަރުކުރި ވެހިކަލްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގެނެވޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނެއިދު މިއަދު ވިދާޅުވެއްޖެ އެވެ.

ބޭނުންވާ ވެހިކަލްތައް މަހެއްހާ ދުވަހުގެ ތެރޭގައި ގެނެވޭނެ: ޖުނެއިދު
ބޭނުންވާ ވެހިކަލްތައް މަހެއްހާ ދުވަހުގެ ތެރޭގައި ގެނެވޭނެ: ޖުނެއިދު

އެމްޕީއެލްގެ މަޖޫރީންނަށް ހާއްސަކޮށްގެން އެތަނުގައި ހެދި "ފިނި މައިޒާން" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖުނެއިދު ވިދާޅުވީ އެ ވެހިކަލްތަކަށް ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެންމެ ފަހުގެ ތައްޔާރީތައް ނިމޭނެ ކަމަށެވެ.

ބޭނުންވާ ވެހިކަލްތައް މަހެއްހާ ދުވަހުގެ ތެރޭގައި ގެނެވޭނެ: ޖުނެއިދު
ބޭނުންވާ ވެހިކަލްތައް މަހެއްހާ ދުވަހުގެ ތެރޭގައި ގެނެވޭނެ: ޖުނެއިދު

މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށް 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން 22 އުޅަނދެއް ހޯދަން ޗައިނާ ކުންފުންޏަކާ މިިދިޔަ ޖޫން މަހު ވަނީ ހަވާލުކޮށްފަ އެވެ.

ޖުނެއިދު ކުރިން ވިދާޅުވީ ހަ ރިޗް ސްޓިކާ އުޅަނދާއި 10 ޓްރެއިން ކްރޭނާއި ދެ ފޯކް ލިފްޓް ޓްރަކު އަދި ހުސް ކޮންޓެއިނަރު ތަންތަނަށް ގެންދަން ހަތަރު އުޅަނދެއް ގެންނާނެ ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރަށް މުދާ ހުސްކުރަން ނަގާ މުއްދަތު ދިގުވާތީ، ބައެއް ޝިޕިންލައިންތަކުން މިހާރު ވަނީ ހާއްސަ ފީއެއް ނަގަން ވެސް ހަމަޖައްސައިފަ އެވެ.

ޖުނައިދު ވިދާޅުވި ގޮތުގައި އެމްޕީއެލްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ ދަތި ހާލުގަ އެވެ. ނަމަވެސް އާ ވެހިކަލްތައް ލިބުމުން މަސައްކަތްތައް ހަލުއިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޕީއެލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަނގަޅު މާހައުލެއް ގާއިމްކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމްޕީއެލް އިން ވަނީ މަޖޫރީންނަށް ހާއްސަކޮށްގެން ޖޯލިފަތިތަކެއް ވެސް ބަހައްޓައިފަ އެވެ.

އެމްޕީއެލް އިން މިއަދު ހުޅުވި ފިނި މައިޒާނުގައި ކެރަމް އާއި ރާޒުވާ އަދި ތާސްކުޅެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.