23 މެއި 2020 - 23:53

ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި، އާއިލާ އާއި ރައްޓެހިންނާ ގުޅުމަށްޓަކައި، އުރީދޫ އިން ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.
މި އޮފާގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް މަގޭ ޕްލޭން މެދުވެރިކޮށް ތިން ދުވަހުގެ މުއްދަތަށް ތިން ޖީބީ ޑޭޓާ 75ރ. އަށް ލިބޭނެ އެވެ. މި އޮފާ ތައާރަފް ކުރީ ގޭގައި ތިބެގެން ވެސް ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫން ބުނެ އެވެ.
މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރުމަށް އުރީދޫ އެޕް އަށް ލޮގްއިން ވުމަށް ފަހު އެޕްގެ ސެލްފް ކެއާ ސެކްޝަނުން ޕެކޭޖު އިހްތިޔާރު ކުރުމަށް ފަހު ގެންގުޅުއްވާ ނަންބަރަށް އެކްޓިވޭޓް ކުރެއްވުމަށް "ފޯ މައި ސެލްފް" ޓެބް އިހްތިޔާރު ކުރެވޭނެ އެވެ. ރައްޓެއްސަކަށް މި ފެކް ހަދިޔާ ކުރެއްވުމަށް "ގިފްޓް އަ ފްރެންޑް" ޓެބް ހިޔާރު ކުރުމަށްފަހު އީދު އެކްސްކްލޫސިވް އަށް ގޮސް ކޮންފާމް ކޮށްލުމުން ނިމުނީ އެވެ.
އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ހާއްސަ އޮފާ މި މަހުގެ 26 ގެ ނިޔަލަށް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ހޯދޭނެ އެވެ.
އުރީދޫގެ މެނޭޖާ، ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އީދު ގޭގައި ފާހަގަކުރަންޖެހިފައި ވީ އިރު ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އީދުގެ އުފާވެރިކަން ހިއްސާ ކުރުމަށް އުރީދޫގެ މި އޮފާ ކަސްޓަމަރުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އީދު އޮފާގެ އިތުރުން، ރަމަޟާން މަހަށް ހާއްސަ ކޮށްގެން ތައާރަފްކުރި ބައެއް އޮފާތަކުގެ ތެރެއިން 50 ޕަސެންޓް އެކްސްޓްރާ ޑޭޓާ އޮފާ އާއި ޑެއިލީ ބޯނަސް ޑޭޓާ ހަ ރޯދަ ތެރޭގައި ވެސް ކުރިއަށްދާނެ އެވެ.