23 މެއި 2020 - 23:16

ވިލާ ގޭހުގެ ޚިދުމަތް ފިތުރު އީދު ދުވަހު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވިލޭ ގޭހުން ބުނީ، ފިތުރު އީދު ދުވަހު ގޭހަށް އޯޑަރު ނެގުމާއި ޑެލިވަރީގެ ޚިދުމަތް ދޭނީ މެންދުރު ފަހު 3:00 އިން ރޭގަނޑު 9:30 އަށް ކަމަށެވެ. މީގެ އިތުރުން ހުސްވެފައިވާ ގޭސް ފުޅި ވިލާ ޓްރޭޑް ސެންޓަރަށް ގޮންގޮސްފި ނަމަ ހެނދުނު 9:00 އިން ރޭގަނޑު 9:30 އަށް ވެސް އެ ޚިދުމަތް ލިބޭނެ އެވެ.
މީގެ އިތުރުން ހަ ރޯދަ ތެރޭގައި ވިލާ ގޭހުގެ ހިދުމަތް ލިބޭނީ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށް އަދި ރޭގަނޑު 08:30 އިން 10:30 އަށެވެ.
އޯޑަރު ދިނުމަށް ކޯލް ސެންޓަރު 3336633 އަށް އަދި ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް ގޭސް ފުޅިއަށް އޯޑަރު ކޮށްލެވޭނެ އެވެ. މިދިޔަ މަހުގެ ފަހު ކޮޅު ވިލާ ގޭހުން އޮންލައިންކޮށް އޯޑަރު ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ އިރު ވެބްސައިޓުގެ އިތުރުން ވިލާ ގޭހުގެ އެޕް ޑައުންލޯޑް ކޮށްގެން ވެސް ގޭހަށް އޯޑަރު ދެވޭނެ އެވެ. އެހެންކަމުން ކޮމްޕިއުޓަރުގެ އިތުރުން ފޯނުން ވެސް ފަސޭހަކަމާ އެކު އޮންލައިންކޮށް ގޭހަށް އޯޑަރުކޮށްލެވޭނެ އެވެ.
މާލެ ލޮކްޑައުންގެ ހާލަތުގައި އޮތް އިރު ވެސް ކޮންމެ ދުވަހަކު ގޭސް ޑެލިވަރީ ކުރުމުގެ މަސައްކަތްތައް ވިލާ ގޭހުން އަންނަނީ ކުރަމުންނެވެ.