ޝެލްބީންސްގެ ޑެލިވަރީ ޕްރޮމޯޝަންގެ ދެ ނަސީބުވެރިން ހޮވައިފި
ޝެލްބީންސްގެ ޑެލިވަރީ ޕްރޮމޯޝަންގެ ދެ ނަސީބުވެރިން ހޮވައިފި

ޝެލްބީންސް އިން ޑެލިވަރީގެ ހިދުމަތް ހޯދައިގެން ސްރީ ލަންކާގެ ދެކޮޅު ޓިކެޓް ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ޝެލްބީންސްގެ ޑެލިވަރީ ޕްރޮމޯޝަންގެ ދެ ނަސީބުވެރިން ހޮވައިފި
ޝެލްބީންސްގެ ޑެލިވަރީ ޕްރޮމޯޝަންގެ ދެ ނަސީބުވެރިން ހޮވައިފި

ޝެލްބީންސުން ޔުނިވާސަލް ޓްރެވަލްސްއާ ގުޅިގެން މިދިޔަ މަހުގެ 1 އިން 15 އަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ދެ ނަސީބުވެރިން ވަނީ ހޮވާފަ އެވެ. އެއީ އައިޝަތު ރަޔާހީން އާއި އަބްދުﷲ ޝަވީން އެވެ.

ޝެލްބީންސްގެ މާކެޓިން މެނޭޖަރު ހަމީދު ފަރީދު ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަނުގައި ޝެލްބީންސްގެ ޑެލިވަރީ ހިދުމަތަށް 100ރ. ހޭދަ ކުރި ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދިނެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ޝެލްބީންސްގެ ރެސްޓޯރަންޓުގައި ވެސް މި ޕްރޮމޯޝަން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.