ވެކްސިނެއް ލިބެންދެން މުޖުތަމައުގައި ބަލި އޮންނާނެ: ޑރ. މުރާދު
ވެކްސިނެއް ލިބެންދެން މުޖުތަމައުގައި ބަލި އޮންނާނެ: ޑރ. މުރާދު

ޑރ. މުރާދު: އެކި ގައުމުތަކުގައި މީހުން ރިކަވަރީ އެކި ގޮތަށް ބަލަނީ. ބައެއް ގައުމުތަކުގައި ބަލި ރަނގަޅުވީމަ އެ ރަނގަޅުވީ ކަމަށް ބަލަނީ. އަނެއްބައި ގައުމުތަކުގައި ޓެސްޓްތައް ހަދައިފައި ނެގެޓިވްްތޯ ބަލަނީ. އަޅުގަނޑުމެން މި ހަދަނީ ޕީސީއާރު ޓެސްޓެއް. އޭގެން މި ދެނެގަންނަނީ ވައިރަސް ހަށިގަނޑުގައި ހުރިތޯ. އެކަމަކު އެއިން ދެނެއެއް ނުގަނޭ ހަށިގަނޑުގައި ހުރީ ލައިވް ނުވަތަ ޑެޑް ވައިރަސްތޯ އެއް. އެހެންވީމަ އަޅުގަނޑުމެން ވެސް އެބަ މަޝްވަރާތައް ކުރަމުން އެބަ ގެންދަން ކިހިނެއްތޯ މިކަން އެންމެ ރަނގަޅަށް ކުރާނީ.

މުރާދު: މިކަމަށް ވެކްސިނެއް ލިބި އޭގެ ފައިދާ ނުލިބޭހާ ހިނދަކު މުޖުތަމައުގެ ތެރޭގައި ބަލި އުޅޭނެ. ނަންބަރުތައް މިހާރު މި ބުނެދެނީ ނަންބަރުތައް ހިފެހެއްޓިފައި ހުރި ތަން. އެ އަދަދުތަކުން ދެން އަދަދުތައް އުފެދޭނީ.

މުރާދު: ޕޮޒިޓިވް ކޭސްތައް މި ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި. އެހެންވީމަ ވެެކްސިނެއް ނުލިބޭހާ ހިނދަކު މި ވަރުގައި ހުރުން އެއީ އެކަށީގެންވާ ކަމެއް. އެހެންވީމަ، ލޮކްޑައުން އިން ކަންތައްތަކެއް ލުއިކުރިޔަސް ބޭރަށް ދިއުން އެއީ އިޚްތިޔާރެއްގެ ގޮތުގައި ބެލުން މުހިންމު ކަމެއް. ކުރިއަށް އޮތްތާނގައި ވެސް އަޅުގަނޑުމެންނަށް މިކަމުގައި ބޮޑު ކާމިޔާބެއް ލިބޭނީ އާންމު ރައްޔިތުންގެ އެއްބާރުލުން ލިބިގެން.

މުރާދު: ޑީއެޗް 11 ގައި މިހާރު އޮތީ އެންމެ ބަލި މީހެއް. ޓްރީޓޮޕްގައި ތިބީ 10 މީހަކު. އޭގެ ތެރެއިން އެންމެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ.

މަބްރޫކް: ސާނަވީ އިމްތިހާނާއި ޝަހާދާ ސާނަވީ އިމްތިހާނުތައް މި އަންނަ އަހަރުގެ ޖޫން ޖުލައިގައި ބާއްވާ ގޮތަށް މިހާރުވަނީ ނިންމާފައި.

މަބްރޫކް: 14 ދުވަސް ކަރަންޓީނުގެ މުއްދަތު ހަމަވެގެން މިއަދު 186 މީހަކު ވަނީ ދޫކޮށްލައިފައި.

މަބްރޫކް: މިހާތަނަށް 127 މީހަކު ވަނީ ބަލިން ރަނގަޅުވެފައި. އެއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު ތިން މީހަކު ވަނީ ރަނގަޅުވެފައި.

އެންއީއޯސީން މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. މޫސާ މުރާދު.

އަމީރު: މިހާރު އަންދާޒާކުރެވޭ ގޮތުން 290 މިލިއަން ޑޮލަރު އެކި އިންސްޓިޓިއުޝަންތަކުން ލިބޭނެ ކަމަށް. އޭގެ އިތުރުން މި އަހަރުގެ ތެރޭގައި ފޮރިން ކަރަންސީގެ ދައްޗެއް މި އަހަރަކު ނެތް ކަމަށް އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ. ސަބަބަކީ މިހާރު ވސް ޔޫސެބަލް ރިޒާވްގައި 800 މިލިއަން ޑޮލަރު އެބަހުރި.

ސުޖާތާ: ޕެންޝަން ފަންޑަކީ ގްރޯވަމުން އަންނަ އެއްޗެއް. އޭގައި އަހަރަކުން އަހަރަކަށް އެވްރެޖްކޮށް ކޮންމެ ޕޯޓްފޯލިއޯ އަކުން 5 ޕަސެންޓްގެ ފައިދާއެއް އަންނަނީ ދައްކަމުން.

އަމީރު: ލޭންޑް ރެންޓަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ވަސީލަތް. މި އަހަރުގެ 1.7 ބިލިއަން ރުފިިޔާ ލިބޭނެ ކަމަށް އަޅުގަނޑުމެން ކުރިން އަދާކުރީ. އެކަމަކު މިހާރު އަޅުގަނޑުމެން މި ބަލަނީ ލޭންޑް ރެންޓްގެ ގޮތުގައި ލިބޭނީ 800 މިލިއަން ރުފިޔާ. އެކަމަކު މި ފަސްކޮށްދޭ ލޭންޑް ރެންޓަކީ އަންނަ އަހަރުގެ ތެރޭގައި ލިބޭނެ އެއްޗެއް.

އަމީރު: ލަސްތަކެއް ހުއްޓަސް، އެއީ އުސޫލުތަކާއި އެ ގެޒެޓް ކުރުމާއި ލޮކްޑައުންގެ ސަބަބުން ލަސްތަކެއް ދިމާވި. މިހާރު އަޅުގަނޑުމެން މި ފެށީ އިންކަމް ސަޕޯޓް އެލަވަންސް ދޭން. އެކަން ވެސް، އަދި އެހެން ލޯނުތަކުގެ ސްޕީޑް ވެސް މިހާރު އެބަ ބާރަށް ކުރިއަށް ދޭ. އަޅުގަނޑުމެންނަށް އެޕްލިކޭޝަންތައް ލިބެމުން އަންނަ ވަރަކަށް އެ ޕްރޮސެސް ކޮށްދެމުން އަންނަނީ

ސުޖާތާ: އަމިއްލަ ފަރުދުންގެ 10،000 އިން ދަށުގައި އެކައުންޓް ބެލެންސް މިހުރީ. އެއީ 19 ޕަސެންޓް. ރަނގަޅު ބެލެންސެއް، މިސާލަކަށް 450،000ރ. އިން މަތީގެ މި ހުރީ އެންމެ ދެ ޕަސެންޓް މީހުންގެ.

ސުޖާތާ: އެވެއިލެބްލް ހުރިހާ އޮޕްޝަންތަކެއްގައި ޕެންޝަން ސްކީމުން ވާނީ ފަންޑުކޮށްފައި. އިކުއިޓީއެއް ނުވަތަ ހިއްސާގެ ބާޒާރުގައި ވެސް ލިބެން އޮންނަ ވަގުތެއްގައި އެއަށް ވެސް އިންވެސްޓް ކުރަމުން. މިހާތަނަށް 10 އަހަރުގެ އާމްދަނީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާގެ ފައިދާ ވަނީ ލިބިފައި.

ރިލީފް ޕެކޭޖްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނުގެ ޑިސްކައުންޓްގެ ގޮތުގައި މިހާތަނަށް 60 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ދެންމެ ބުނެފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކަރަންޓަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށާއި އެއީ ބިލަކުން އެވްރެޖްކޮށް 500ރ. ކަމަށެވެ. އަދި ފެނަށް 10.9 މިލިއަންގެ ޑިސްކައުންޓް ދީފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ބިލަކުން އެވްރެޖްކޮށް 235ރ. އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އެންސްޕާ މެދުވެރިކޮށް 69 މީހަކަށް 291031ރ. މިހާތަނަށް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯ ފާތުމަތު ސުޖާތާ އާއި ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް އެވެ.

(އިތުރު މައުލޫމާތު އަންނަނީ)