24 މެއި 2020 - 08:13

ބައެއް ފިރިހެނުން ތުނބުޅި ބަހައްޓަން ބޭނުން ވިޔަސް ރަނގަޅަށް އިސްތަށި ނުފަޅާތީ އެއީ ކުރާ ހިތްވާ ކަމެއް ނޫނެވެ. އަދި ތުނބުޅި ފެޅިޔަސް ތަންތަންގަނޑުން އިސްތަށި ނުފެޅުމަކީ ވެސް ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ.

މިފަދަ މީހުންނަށް ހާއްސަ އާލާތެއް ގްރޯބިއާޑްސް ކިޔާ ކުންފުންޏަކުން މި ވަނީ އުފައްދައިފަ އެވެ. ބަލާބެލުމަށް ރޭޒަރަކާ ވައްތަރުކޮށް ފެނުނަސް މިއީ މޫނުގެ އިސްތަށި ބެލެންސްކުރަން ފިރިހެނުންނަށް ހާއްސަ ރޯލާއެކެވެ. މީގެ ކޮޅުގައި ހުންނަ ބައިގައި ތޫނު ދަތްކެއް ހުއްޓަސް މޫނުގައި އުނގުޅާކަށް ތަދެއް ނުވާނެ އެވެ. ބަދަލުގައި މޫނުގެ ހަންގަނޑަށް އިހުސާސްކުރެވޭނީ އަރާމުކަމެކެވެ.
ގްރޯބިއާޑްސްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މި ރޯލާ އަކީ ތުނބުޅި އާއި މަތިމަހުގެ އިސްތަށިފަޅާ ތަންތަނުގައި ހަފުތާ އަކު އެއްފަހަރު ބޭނުންކުރަން ޖެހޭ އެއްޗެކެވެ. ކުރަން ޖެހޭނެހާ ވެސް ކަމަކީ ހުސް ރޯލަރު މަޑުމަޑުން މޫނުގައި ރޯލްކުރުމެވެ.
މޫނުގައި އިސްތަށި ފަޅާ ކޮންމެ ދިމާއެއްގައި 10 ވަރަކަށް ފަހަރު ރޯލްކުރަންވާނެ އެވެ. މިހެން ހެދުމުން ލޭ ދައުރުވުން ރަނގަޅުކޮށްދީ، އިސްތަށިތައް ފެޅުމަށް މަގުފަހިކޮށްދޭނެ އެވެ.
މިހެން ހެދުމުން އިސްތަށިތައް ފެޅުން އިތުރުކޮށްދޭ ކަމަށާއި އިސްތަށި މަދުން ހުންނަ ދިމަދިމާކުން ވެސް އިސްތަށި ފަޅައި މުޅި ތުނބުޅީގެ އިސްތަށި ބޯކޮށްދީ، ބެލެންސްކޮށްދޭ ކަމަށް ގްރޯބިއާޑްސް އިން ބުންޏެވެ.
ރޯލަރު އުނގުޅުމަށް ފަހު، މޫނުގައި މޮއިސްޗަރައިޒާއެއް ނުވަތަ ބިއަޑް އޮއިލްފޮދެއ އުނގުޅާލަންވާނެ އެވެ.
މި ބޭނުންކުރި ބައެއް މީހުންގެ ގްރޯބިއާޑްސްގެ ވެބްސައިޓް އެ ރިވިއުކުރަމުން ބުނެފައި ވަނީ އެ ރޯލަކީ ހީކުރި ވަރަށް ރަނގަޅު އުފެއްދުމެއް ކަމަށެވެ. އަދި ބޭނުންކުރަން ފެށިތާ ހަފުތާއެއް ފަހުން ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ އަމިއްލަ އަށް ތަޖުރިބާކޮށްލުމުގެ ގޮތުން ވެސް މީގެ ރޯލަރެއް ހޯދުން ކިހިނެއް ވާނެ ހެއްޔެވެ؟ އަގަކީ 32 ޑޮލަރެވެ. ގްރޯބިއާޑްސްގެ ވެބްސައިޓުން އޯޑަރު ވެސް ކޮށްލެވޭނެ އެވެ.