24 މެއި 2020 - 08:12

ސަބްސްކްރައިބްކުރި ނަމަވެސް ބޭނުންނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އެކައުންޓްތައް ކެންސަލްކުރަންް ނެޓްފްލިކްސް ނިންމައިފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި މިގޮތަށް ނިންމީ ބޭނުން ނުކުރިޔަސް ޗާޖްކުރަމުންދާތީ އެކައުންޓްގެ ވެރިފަރާތަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުންނެވެ. ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމުން ބުނި ގޮތުގައި ފާއިތުވި އަހަރަކަށް ވުރެ ގިނަ ދުވަހު "އިންއެކްޓިވް" ކެޓަގަރީ އަށް ފެތޭ އެކައުންޓްތަކުގެ އަދަދު ވަރަށް ގިނަ އެވެ.
ނެޓްފްލިކްސްގެ ހިދުމަތް ސަބްސްކްރައިބަރުން މަހަކު 9-16 ޑޮލަރާ ދެމެދުގެ ފީއެއް ދައްކައިގެންނެވެ. އެއީ ތިން ޕެކެޖެއްގެ ދަށުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭސިކް، ސްޓެންޑާޑް އަދި ޕްރިމިއަމް ޕެކެޖެވެ.
ނެޓްފްލިކްސް ބުނީ މި ހަފުތާގެ ތެރޭގައި ބޭނުންނުކުރާ އެކައުންޓްތަކުގެ ވެރިންނަށް އެ މީހުންގެ އެކައުންތައް ކެންސަލްކުރިކަމުގެ ނޮޓިފިކޭޝަން އީމެއިލުން ފޮނުވަން ފަށާނެ ކަމަށެވެ. މީގެ އިތުރުން ބޭނުންވެގެން ވަގުތީ ގޮތުން ކެންސަލްކޮށްފައިވާތާ އަދި ފަހުން އެއްވެސް ޚަބަރެއް ނުވެ ދެ އަހަރުވީ އެކައުންޓްތައް ވެސް އާ އުސޫލުގެ ދަށުން ކެންސަލްކުރާނެ އެވެ. ނެޓްފްލިކްސް އިން ބުނީ އެގޮތަށް ހުރި އެކައުންޓްތަކުގެ ނިސްބަތުން ގިނަ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ނެޓްފްލިކްސްގެ ޕްރޮޑަކްޓް އިނޮވޭޝަން ޗީފް އެޑީ ވޫ ވިދާޅުވީ ބޭނުންނުކުރާ އެއްޗަކަށް ފީއެއް ދައްކަމުން ދިއުމަކީ ބޭކާރުކަމެއްކަން އަމިއްލަ އަށް ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެހެންވެ މިއީ ކަސްޓަމަރުންނަށް ލިބޭ މާލީ ގެއްލުމަކުން ސަލާމަތްކޮށް ދޭން ނިންމި ނިންމުމެއް ކަމަށް ބުންޏެވެ.
ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދު މިހާރު 183 މިލިއަނަށް އަރަ އެވެ.