ޕޮޒިޓިވް އަދަދު މިހާރު ހުރީ ބޭސްލައިންގައި: ޑރ. އަފްޒަލް
ޕޮޒިޓިވް އަދަދު މިހާރު ހުރީ ބޭސްލައިންގައި: ޑރ. އަފްޒަލް

ޑރ. އަފްޒަލް: މިހާރު ޕޮޒިޓިވްވާ 30-40 އަކީ ވެސް ދަށް އަދަދެއް. އަޅުގަނޑުމެންގެ ބޭސް ލައިނަކީ ވެސް އެއީ. ގައުމެއްގެ އާބާދީ އަށް ބަލާއިރު އަދި މާލޭގެ އާބާދީ އަށް ބަލާއިރު ވެސް 50 އިން ދަށް އެއީ ބޭސްލައިން.

މަބްރޫކް: މަނަދޫގައި ފުރަތަމަ ޕޮޒިޓިވް ކޭހާ ގުޅިގެން ވަނީ ސާމްޕަލްތަކެއް ނެގިފައި. މި ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވް.

މަބްރޫކް: ހިންމަފުށި މިހާރު ވަނީ މޮނިޓަރިން ހާލަތުން ދޫކޮށްލައިފައި.

ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު އިތުރު 58 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ، މިރޭގެ 7:00 އާ ހަމައަށް ބަންގްލަދޭޝްގެ 39 މީހަކާއި 18 ދިވެއްސަކާއި އިންޑިއާގެ އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންވެ، ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ މިހާރުގެ ޖުމްލަ އަދަދަކީ 1،274 އެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ ދިވެހިންގެ އަދަދަކީ 452 އެވެ. ބަންގްލަދޭޝްގެ 661 މީހަކަށް އެ ބަލި ޖެހިފައިވާއިރު، ރާއްޖެ އިން ކޮވިޑް-19 އެންމެ ގިނައިން ފެނުނީ ބަންގްލަދޭޝްގެ މީހުންގެ ފަރާތުންނެވެ. ދިވެހިންނާއި ބަންގްލަދޭޝް މީހުން ނަގާފައި ރާއްޖޭގައި ދެން އެންމެ ގިނައިން އެ ބަލި ޖެހިފައި ވަނީ އިންޑިއާގެ މީހުންނަށެވެ. އެ ގައުމުގެ 119 މީހަކު މިހާތަނަށް ވަވި ޕޮޒިޓިވް ވެފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 104 މީހެކެވެ. ހަތަރު މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.