21 މެއި 2020 - 14:28

ޑރ. މުރާދު: ސްކޫލުތައް ހުޅުވާލުމާއި އޮފީސްތައް ހުޅުވުމަށް ވެސް އަޅުގަނޑުމެން އިރުޝާދުތަކެއް ދޭނަން. މިސްކިތްތަަކަށް ވަޑައިގަތުމަށް ވެސް އަޅުގަނޑުމެން މި ލަފާ ދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު. ބަލި ކޮންޓްރޯލް ކުރުމުގައި ވީހާ ވެސް ވަރަށް ބަލި ހިފެހެއްޓި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަދުވުން އެއީ މީގައި މުހިންމު ކަމެއް.
ޑރ. މުރާދު: ލޮކްޑައުން އަށް ދޭން ޖެހޭ ލުއިތައް މި ދެނީ ބަލި މުޅިން ރަނގަޅުވެގެން ނޫން. ފަހަރެއްގައި ވެސް އެގޮތަށް ނުވިސްނުން ރަނގަޅު. އެކަމަކު ލޮކްޑައުންގައި އަބަދަކު ނުތިބެވޭނެ ކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރަން. އެހެންވެ، ފުރަތަމަ ލުއިތަކެއް ދިނީމަ ދެން އެ ލުއިތައް ދޭ މުއްދަތުގައި އަނެއްކާ ވެސް އަޅުގަނޑުމެން އެކަން ރިވިއު ކުރާނަން. ދިރިއުޅުން އާންމު ހާލަތަކަށް ގެންނަން މި ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ލިބިގެން ނޫނީ އަޅުގަނޑުުމެންނަކަށް މިކަމެއް ނުކުރެވޭނެ. ޕޮޒިޓިވް ވާ އަދަދުތައް ކޮންޓްރޯލް އަދަދެއްގައި ބެހެއްޓިގެން މިކަމަށް ހަމަޖެހުމެއް އަންނާނީ.
ޑރ. މުރާދު: ކޮވިޑް 19 އަށް ޕޮޒިޓިވް ވެގެން ފަރުވާ ކުރި މީހެއް، އޭނާ ނެގެޓިވް ވި ފަހުން މިއަދު ވަނީ ނިޔާވެފައި. އަޅުގަނޑުމެން ބެލިބެލުމުން އޭނާ ނިޔާވެފައި ވަނީ އެހެން ކަމެއްގެ ސަބަބުން. އެހެން މައްސަލަތަކަކަށް ޑީއެޗް ގައި ފަރުވާ ދެމުން އައީ ވެސް. އޭރު ނެގެޓިވް ވުމާ އެކު ފަރުވާ ކުރަމުން އައިސް ކޮމްޕިކޭޝަންތަކެއް ދިމާވެގެން އޭނާ ނިޔާވީީ.
އަހުމަދު ޒާހިރު: މީގެ މައްޗަށް ބިނާކޮށް މިސްކިތުގެ ޖަމާއަތްތައް ފަށަން ކަނޑައެޅޭ ވަކި ރަށްރަށެއްގައި. އެ ބޭފުޅުން ލަފާ ދެއްވާފައިވޭ އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނިދިއުމާއި މުސައްލަ ހިފައިގެން އަދި ވުލޫކޮށްގެން ވެސް މިސްކިތަށް ދިއުން. އަދި މިސްކިތުގައި ގިނަ އިރު ނުކުރުމަށާއި މާސްކް އަޅަން ވެސް. މި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މާދަމާ ހުކުރު ނަމާދުން ފެށިގެން ލޮކް ޑައުން ނެތް ރަށްރަށުގައި މިސްކިތްްތައް ހުޅުވާލާނެ.
އަހުމަދު ޒާހިރު: މި މައްސަލާގައި އަސްލެއްގެ ގޮތަށް މި ބަލަނީ ޑޮކްޓަރުންގެ ލަފާ. ޑޮކްޓަރުންގެ ބަސް އެއީ ފަހު ބަސް ކަމަށް އަޅުގަނޑުމެން ބަލަނީ. މިއަދު ޑޮކްޓަރުންނާ އެކު މަޝްވަރާ ކުރިން ޑޮކްޓަރުންނާ މިސްކިތުގެ ޖަމާއަތް ފެށުމާ ބެހޭ ގޮތުން. އެ ބޭފުޅުން ވިދާޅުވަނީ މިސްކިތު ޖަމާއަތް ފެށިދާނެއޭ ރައްކާތެރިކަމާ އެކު.
އަހުމަދު ޒާހިރު: މިހާރުގެ ހާލަތަށް ބަލާފައި ބައެއް ކަހަލަ ކަންކަން ލުއި ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި. އިސްލާމިކް މިނިސްޓްރީން ޑޮކްޓަރުންނާ ވާހަކަ ދައްކާފައި ޑޮކްޓަރުންގެ އިރުޝާދާ އެކު ކަންކަން ކުރަމުން އައީ މަރުހަލާތަކަކަށް ބަހާލައިގެން. ފުރަތަމަ މާލޭގައި މިސްކިތުގައި ޖަމާއަތް މެދުކަނޑާލައިފައި، އޭގެ ފަހުން ހާލަތް ގޯސްވާތީ އެހެން ރަށްރަށުގެ ޖަމާއަތް މެދުކަނޑާލީ.
މަބްރޫކް: އާ އެކްސްޓްރެކްޝަން މެޝިން އައިޖީއެމްއެޗްގައި މިހާރު އިންސްޓޯލް ކުރަމުން އެބަދޭ. އެއާ އެކު އައިޖީއެމްއެޗްގައި ޓެސްޓިން ކެޕޭސިޓީ 600 އަށް ވުރެ މައްޗަށް ދާނެ. މީގެ އިތުރުން އޭޑީކޭގައި މިހާރު ވަނީ ޓެސްޓް ހަދަން ފަށައިފައި.
މަބްރޫކް: 129 ވެންޓިލޭޓަރު މިހާރު ވަނީ ރާއްޖޭގައި އެބަހުރި. މިއަދު ވަނީ ދުބާއީން އަންނަން ބުނި ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު އައިސްފައި.
މަބްރޫކް: މިހާތަނަށް 104 މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފައި. އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 1106 މީހުން.
އެންއޯއީސީން ކޮންމެ ރެއަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. މޫސާ މުރާދު.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،200 އަށް މިއަދު އަރައިފި އެވެ.
އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ މިއަދުގެ މެންދުރު 2:00 އާ ހަމައަށް އިތުރު 30 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ 14 ދިވެއްސަކާއި ބަންގްލަދޭޝްގެ 10 އަދި އިންޑިއާގެ ހަ މީހެކެވެ. ރާއްޖެ އިން މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަކީ 1،216 އެވެ.
އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ މީހުންގެ ތެރެއިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް ދަނީ މަތިވަމުންނެވެ. އެ ގައުމުގެ ހަ މީހަކު މިއަދު ޕޮޒިޓިވް ވެފައިވާއިރު އިއްޔެ ވެސް ހަތަރު މީހަކަށް އެ ބަލި ޖެހުނެވެ. އިންޑިއާގެ 118 މީހަކު މިހާތަނަށް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
އިންޑިއާ އަަށް ފަހު ރާއްޖޭގައި ދެން އެންމެ ގިނައިން އެ ބަލި ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށެވެ. މިހާތަނަށް އެ ގައުމުގެ 622 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ދިވެހިންގެ ތެރެއިން އެ ބަލި ޖެހުނު މީހުންގެ އަދަދަކީ މިއަދުގެ މެންދުރު ދޭއް ޖެހުމާ އަށް 434 އެވެ.
އެޗްޕީއޭ އިން ބުނެފައި ވަނީ އެ ބަލި ޖެހިފައިވާ ބަންގްލަދޭޝްގެ މީހުން ފެންނަ އަދަދު ކުރިން ގިނަވި ނަމަވެސް ކޮންމެ ދުވަހެއްގެ އަދަދު ދަށްވެ، މިހާރު ދިވެންގެ އަދަދު ބަންގްލަދޭޝްގެ މީހުންނާ ކައިރި ކުރަމުންދާ ކަމަށެވެ. އެހެން އެ ވަނީ އެ އިދާރާ އިން ބުނިގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދިވެހިން ފަހަކަށް އައިސް އިތުރުވާތީ އެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،200 އަށް އެރިއިރު، މާޗް 7 ން ފެށިގެން މިހާތަނަށް ވަނީ 91 މީހަކު ރަނގަޅުވެފަ އެވެ. އެ ބަލީގައި މަރުވީ ހަތަރު މީހެކެވެ.