20 މެއި 2020 - 09:58

ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ އާ ފިލްމެއް އަންނަ މަހު ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
މީގެ ކުރިން ނެޓްފްލިކްސް އަށް "ސެކްރެޑް ގޭމްސް" ކިޔާ ކާމިޔާބު ވެބް ސީރީޒެއް ހަދައިދިން ޑައިރެކްޓަރުގެ އާ ފިލްމަކީ "ޗޯކްޑް: ޕައިސާ ބޯލްތާ ހޭ" އެވެ. މި ފިލްމު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށާނީ އަންނަ މަހުގެ 5 ގަ އެވެ.
އާދަޔާހިލާފު ގޮތަކަށް ބަދިގެ ތެރެއިން ފެންނަ ގިނަ އަދަދެއްގެ ފައިސާއާ އެކު ދެމަފިރިއެއްގެ ދިރިއުޅުން ބަދަލުވާ ގޮތް ދައްކުވައިދޭ މި ސަސްޕެންސް ޑްރާމާގެ ލީޑް ރޯލުން ފެނިގެން ދާނީ 2017 ގައި ރިލީޒްކުރި ފިލްމު "މިރުޒިޔާ" ގެ ބަތަލާ ސައްޔާމީ ކޭރާއި މަލަޔާޅަމް އެކްޓަރު ރޯޝަން މެތިއު އެވެ.
"ޗޯކްޑް" އާ ބެހޭ ގޮތުން އަނޫރާގް ބުނީ ފިލްމަކީ ފައިސާ އާއި އިންސާނީ ގުޅުމުން ދައްކުވައިދޭނެ ވަރަށް ޝައުވެރި ފިލްމަކަށް ވާނެ ކަމަށެވެ.
"މަންމަރުޒިޔާ" އާއި "ގޭންގްސް އޮފް ވަސޭޕޫރް" އަދި "ގުލާލް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުނިގޮތުގައި އާ ފިލްމަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހެ އެވެ.