އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެ އިން ކޮވިޑް-19 ގެ އިތުރު 12 މީހަކު މިއަދު ފެނިއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެ އިދާރާ އިން މިރޭގެ 10 ޖެހުމާ ހަމައަށް އެ ބައްޔަށް ޕޮޒިޓިވްވީ 11 ދިވެއްސަކާއި އިންޑިއާގެ މީހެއް ކަމަށް. އެހެންވެ، ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 1،106.

ޑރ. އަފްޒަލް: ކުރިން ވެސް ނަގާ ވަރަށް މިހާރު ވެސް ސާމްޕަލް ނެގެމުން އެބަދޭ. މީގައި ސާމްޕަލް ނެގުން މަދުވިޔަސް، އަޅުގަނޑުމެން ގްްރާފްތައް ހެދުމުގައި ކޮމްޕްލަޔަންސް ފެކްްޓާތަކަށް ވަރަށް ބޮޑަށް ބަލާނަން. މިސާލަކަށް ކުރިން ވެސް ސާމްޕަލް ނަގަމުން ދިޔަ ވަރަށް ނަގަމުން ދާއިރު ޕޮޒިޓިވް މީހުންގެ އަދަދު މަދުވަމުން މިދަނީ. އަނެއްކޮޅުންް ސާޖެއް އަންނަ އިރު ނިއުމޯނިއާ ނުވަތަ ސާޅީ ކޭސްތައް ރޮކެޓް ސްކައިހެން އަރައިގެން ދާނެ. އެކަމަކު އެކަހަލަ އެއްވެސް އިންޑިކޭޝަނެއް އަދި ނެތް. އެހެންވީމަ އަޅުގަނޑުމެން މުޅިންް މިހެން ދަންނަވަން އެނގޭނީ ކާވް އަލުން ކުރަހައިގެން. އެކަމަށް އަޅުގަނޑުމެން އަދި އިތުރަށް ބޭނުންވާ ޑޭޓާތައް އެބަހުރި.

މަބްރޫކް: ޕޮޒިޓިވް ވެފައި ހުއްޓާ ފިލައިގެން އުޅޭ މީހުންގެ ތެރެއިން އަދިވެސް ދެ ބަންގްލަދޭޝް މީހުން ނުފެނޭ.

ޑރ. އަފްޒަލް: އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް މި ނަގަނީ ބައްޔެއް ހުރެގެން ނަގާ ސާމްޕަލްއަކަށް ނުވާތީ އެ ނަގާކަށް އަޅުގަނޑުމެންނަކަށް މަޖުބޫރެއް ނުކުރެވޭނެ. އަޅުގަނޑުމެން ބޭނުން ވަނީ މިކަން އާންމުންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދަން.

ހަމީދު: އަޅުގަނޑުމެން މިހާރު ވަނީ ކުދި ގޯޅިތަކަށް ވަނުމަށް ބަގީ ހޯދާފައި. ޟުސުން ތަންދިންހާ އަވަހަކަށް އަޅުގަނޑުމެން އެކަން އެގޮތަށް ފަށާނަން. އެއީ ބެކްލޮގް ފިލުވަން ކުރާ އެންމެ މުހިންމު މަސައްކަތް، އަޅުގަނޑުމެން އެދެން ސާމްޕަލް ނަގާ މީހާ އަބަދު ވެސް ތިރީ ފްލޯ އަށް ވަޑައިގަންނަވަން.

ހަމީދު: އަޅުގަނޑުމެން ހިތާމައާ އެކު ފާހަގަ ކުރަން ބައެއް ފަރާތްތަކުން ސާމްޕަލް ނަގާ މީހުންްގެ ފޮޓޯ ނަގާ ވީޑިއޯކޮށް އެ އާންމު ކުރާތީ. އަޅުގަނޑުމެން އަބަދު ވެސް ބަލަން އެ ސާމްޕަލް ނަގާ މީހާގެ ޒާތީ މައުލޫމާތުތައް ހިފަހައްޓަން.

ހަމީދު: ބައެއް ގޭގެއިން ދަތިތައް ވެސް ހުރޭ. މިސާލަކަށް ޓްރެފިކާއި ގޭގޭގައި ޖާގަ ނުލިބުން ވެސް. އަޅުގަނޑުމެން ބަލަން އެ މީހުންނަށް ފަސޭހަ ގަޑިތަކުގައި ވެސް ސާމްޕަލް ނަގަން ދެވޭތޯ. އެކަމަކު އަޅުގަނޑުމެންގެ ވެސް މަސައްކަތް ހުންނަ ގޮތުން ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެކަން ނުދާތީ ހިތާމަ ވެސް ކުރަން.

ހަމީދު: ވިއްސާރަ ދުވަސްވަރަކަށް ވާތީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އުނދަގޫ ދުވަސްކޮޅެއް މިއީ. އަޅުގަނޑުމެން ބޭނުންވާ ރައްކާތެރި ކަމެއް މޫސުމާ ގުޅިގެން އަސްލު މިހާރަކު ނެތް. މިކަން ކުރާ އިރު އެކަށީގެންވާ މާހައުލެއް އޮންނަން ޖެހޭ. ނުރައްކާތެރިކަން އޮތް ރިސްކް އޮތް ކަމެއް މިއީ. އެހެންވެ ކަން ނޭނގެ މިކަމަށް މީހުން ކުރިމަތި ނުލަނީ ވެސް. ހަގީގަތުގައި ވަރަށް ހިތްވަރުގަދަ މަސައްކަތެެއް މިއީ.

ހަމީދު: ބައެއް ދިމާތަކަށް ޓާގެޓްކޮށްގެން މިހާރު އެބަ ސާމްޕަލްތައް ނަގަމުން ގެންދަން. އޭގެ ތެރޭގައި އާންމުންގެ ތެރެއިންނާއި އެކިއެކި ތަންތަން. މިސާލަކަށް ފިހާރަތަކުންނާއި ޑެލިވަރީ، ޓެކްސީ ޑްރައިވަރުން އަދި އުމުރުން ދުުވަސްވީ މީހުން. ފުލް ޕީޕީއީގައި އަޅުގަނޑުމެން ދާނީ. އެ މީހުން އެކަކު ކައިރިއަށް ގޮސް ސާމްޕަލް ނަގާފައި، އަނެއްކާ ވެސް ޕީޕީއީ ބަދަލުކުރަން. ޕީޕީއީ ބަދަލު ކުރުމުގައި ވެސް ލިމިޓެއް އޮވޭ.

ޑރ. އަފްޒަލް: އިއްޔެ 12 އިން ފެށިގެން މިހާތަނަށް ވަނީ 16 ކޭސް ޕޮޒިޓިވްވެފައި. އެކަމަކު މިރޭ ވެސް ނަތީޖާތަކެއް އަންނަން އެބަހުރި. މިހާތަނަށް 74 މީހަކު ވަނީ ބަލިން ރަނގަޅުވެފައި. އިއްޔެގެ 12 ޖެހުމާ ހަމައަށް 15 މީހުން ވަނީ ރަނގަޅުވެފައި. މިއަދު ވަނީ ދެ މީހަކު ރަނގަޅުވެފައި. މީގެ ތެރޭގައި ދިވެހިންނާއި ބަންގްލަދޭޝްގެ މީހުން ވެސް ހިމެނޭ.

މަބްރޫކް: މިހާރު މޫސުމާ ގުޅިގެން އޮޕަރޭޝަނަށް ވަނީ ވަރަށް ބޮޑު ލަސްތަކެއް ވެފައި. މީހުން ތަންތަނަށް ގެންދިއުމާއި ސާމްޕަލް ނެގުމުގައި ވެސް އެ ދަތިތައް ވަނީ ކުރިމަތިވެފައި.

އެންއޯއީސީން މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ރެޕިޑް ރެސްޕޮންސް ޓީމުގެ އަބްދުލް ހަމީދު އަދި ޑރ. އިބްރާހިމް އަފްޒަލް.

ކޮވިޑް-19އާ ޖެހި ހާލުބޮޑުވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އައި އެކަކު ހާލު ރަނގަޅުވެ ވެންޓިލޭޓަރުން ނަގައިފި އެވެ.

އެ މީހާ އަށް ފަރުވާދެމުން އައީ ޓްރީ ޓޮޕް ހޮސްޕިޓަލުގަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ އުމުރުން 29 އަހަރުގެ ބިދޭސީ އެކެވެ. އަދި އޭނާއަކީ ގެއްލިގެން ހޯދުމަށް ފަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރި މީހެކެވެ. އޭނާ ވެންޓިލޭޓަރަށް ލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ކޮވިޑް-19ގެ ބަލި މީހުން އެޑްމިޓްކޮށް ފަރުވާ ދިނުމަށް ހާއްސަކޮށްފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި، ދަރުމަވަންތައް ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީ އެވެ.

ކޮވިޑް-19 ޖެހިގެން މިހާރު އެޑްމިޓްކޮށް ފަރުވާދެމުން އަންނަނީ ޖުމްލަ 13 މީހުންނަށެވެ. އޭގެ ތެރެއިން 10 މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު މިހާރު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ އެކަކަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ފެސިލިޓީގައި އެޑްމިޓްކޮށްފައި ވަނީ ތިންމީހެކެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 1094 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 59 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި ހަތަރު މީހުން ވަނީ މަރުވެފަ އެވެ. މީގެ އިތުރަށް 1390 މީހުން ކަރަންޓީންކޮށްފައިވާއިރު 971 މީހުން ތިބީ އައިސޮލޭޝަންގަ އެވެ.