ކޮވިޑް-19: އިތުރު ހަތަރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19: އިތުރު ހަތަރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ

އިތުރު ހަތަރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިރޭ ދަންވަރު 12:45 އާ ހަމައަށް އެޗްޕީއޭ އިން ބުނީ އެ ބައްޔަށް ޕޮޒިޓިވްވީ ހަތަރު ދިވެހިން އެކަނި ކަމަށް. މި ފަހަރު އާންމުކުރި ލިސްޓުގައި އެހެން ފަހަރުތަކާ ޚިލާފަށް ދިވެހިން ފިޔަވައި އެހެން ގައުމެއްގެ ބަޔަކު ނެތް. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ މިހާރު 1،094. ދިވެހިންގެ އަދަދަކީ 388.

ޑރ. އަފްޒަލް: ސާޖް ކޮންޓްރޯލް ވެއްޖެ ނަމަ ލޮކްޑައުން ނިމުމަކަށް ވެސް އަތުވެދާނެ. އެކަމަކު މި ސާޖަށް ފަހު އަނެއްކާ ވެސް މިކަން ރިވިއު ކުރާނެ. ސާޖް ނުފެނިއްޖެ ނަމަ އެކަން ވެސް ޑިސްކަޝަންސްގައި ނިމޭނީ. އެކަމަކު މިހާރު މިދާގޮތަށް ޕޮޒިޓިވް ދަށްވަމުން ދާ ނަމަ، އޭގެ މާނައަކީ ރަނގަޅަށް އެބަދެއޭ. ހަގީގަތުގައި މިހާރު ދިވެހިން ވެސް އަދި ބިދޭސީން ވެސް އަޅުގަނޑުމެން އެދޭ ގޮތަށް އަމަލުތައް ބަހައްޓަމުން އެބަދޭ. އެކަން މަގުތަކުން ވެސް ފިހާރަތަކުން ވެސް އެބަ ފެނޭ.

ޑރ. އަފްޒަލް: މިހާރު އާދައަކަށް ހަދަން ވެއްޖެ ވިޔަފާރިކުރަން އަބަދު ވެސް އެކަކު ބެހެއްޓުން. އަދި އޭނާ ސައިބޯނި ލައިގެން އަތް ދޮވެ ހަދަން ވާނެ. މަދުވެގެން އަބަދު ވެސް ހަފުތާއަކަށް ވާވަރަށް އެއްޗެހި ގަނެފައި ބެހެއްޓުން ވަރަށް މުހިންމު. ލޮކްޑައުންގައި ތިބޭއިރު އެއްވެސް ހާލަތެއް އަޔަސް ބޭރުން ގެއަށް އަންނަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ނުދެށޭ.

މަބްރޫކް: އިންޑިޔާ އިން ދަތުރުކުރި މަނަވަރުން ތިން މީހަކު ވަނީ ޕޮޒިޓިވްވެފައި. އެއީ ބައިސަން މޯލްޑިވްސްގައި މަސައްކަތް ކުރާ ބައެއް. އޭގެ ކޮންޓެކްޓްތައް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން.

މިއަދު ޖުމްލަ 12 ޕޮޒިޓިވް ކޭސް ވަނީ ފެނިފައި. އެއާ އެކު 1090 މީހުން ރާއްޖެ އިން ވަނީ ޕޮޒިޓިވް ވެފައި. 59 މީހުން ވަނީ ބަލިން ރަނގަޅުވެފައި.

ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް އަދި ޑރ. އައްޒާމް

އިތުރު ހަތް މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި. މިރޭގެ 9:30 އާ ހަމައަށް އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެ އިދާރާ އިން ބުނިގޮތުގައި ފަސް ދިވެއްސަކާއި ބަންގްލަދޭޝްގެ މީހަކާއި އިންޑިއާގެ މީހެއް. ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ މިހާރުގެ ޖުމްލަ އަކީ 1،090.

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު ފަސް މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.

އެ އިދާރާ އިން ބުނީ މިރޭގެ 8:30 އާ ހަމަށް މިއަދު ޕޮޒިޓިވްވީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި ސްރީ ލަންކާގެ މީހެއް ކަމަށެވެ. އެހެންވެ، ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ މިހާރުގެ ޖުމުލަ އަކީ 1،083 އެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން 1،000 އަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިފައިވާއިރު މިހާތަނަށް ވަނީ 59 މީހަކު ރަނގަޅުވެފަ އެވެ. ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މިހާރު ފަރުވާ ހޯދަމުން އަންނަނީ 1،020 މީހެކެވެ.

ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށެވެ. އެ ގައުމު 561 މީހަކަށް އެ ބަލި ޖެހިފައި ވެ އެވެ. ދިވެހިންގެ ތެރެއިން ކޮވިޑް-19 ޖެހުނީ 379 މީހަކަށެވެ. ދެން އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ. އެ ގައުމުގެ 103 މީހަކަށް މިހާތަނަށް ވަނީ އެ ބަލި ޖެހިފަ އެވެ.