އަށް ހަފުތާ އަށް ފަހު ތައިލެންޑުގެ މޯލްތައް ހުޅުވައިފި
އަށް ހަފުތާ އަށް ފަހު ތައިލެންޑުގެ މޯލްތައް ހުޅުވައިފި

ބެންކޮކް (މެއި 18) - އަށް ހަފުތާގެ މުއްދަތަށް ފަހު ތައިލެންޑުގެ ޝޮޕިން މޯލްތައް ހުޅުވައިފި އެވެ.

އަށް ހަފުތާ އަށް ފަހު ތައިލެންޑުގެ މޯލްތައް ހުޅުވައިފި
އަށް ހަފުތާ އަށް ފަހު ތައިލެންޑުގެ މޯލްތައް ހުޅުވައިފި

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ތައިލެންޑުން އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށި އިރު އެ ގައުމުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން ވަނީ ވަރަށް މަދުވާން ފަށައިފަ އެވެ.

ތައިލެންޑުގެ މޯލްތައް ހުޅުވި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ކޮންމެ މޯލަކަށް ވެސް ވަދެވޭނީ ޑިސްއިންފެކްޓްކޮށްގެންނެވެ. ހުރިހާ މޯލެއްގެ އެންޓްރެންސްގައި ވަނީ ތާމަލް ސްކޭނާ ހަރުކޮށްފަ އެވެ. މޯލަށް ވަދެވޭނީ ހުންބަލައި ޓެސްޓް ކުރުމަށް ފަހު އެވެ. މޯލްތަކަށް ޒިޔާރަތް ކުރާ މީހުންގެ އިތުރުން ސްޓާފުން ވެސް ތިބެން ޖެހޭނީ މާސްކް އަޅައިގެންނެވެ. އެއްވެސް މީހަކާ ދެ ފިޔަވަޅަށް ވުރެ ކައިރިވުމަކީ މަނާކަމެކެވެ.

ޝޮޕިން މޯލްތަކަށް ޒިޔާރަތް ކުރާ މީހުން ކޮންޓެކްޓް-ޓްރޭސިން އަށް ފަސޭހަކަށް ފޯން އެޕެއްގައި ރަޖިސްޓްރީވާން ޖެހެ އެވެ.

ތައިލެންޑް ސަރުކާރުން ބުނީ އެހެން ފިޔަވަޅުތަކަށް ލުއިދޭނީ ބަލި ޖެހޭ މީހުންގެ ރޭޓް މޮނިޓަ ކުރުމަށް ފަހު ކަމަށެވެ. ނަމަވެސް ތައިލެންޑަށް މީހުން ޒިޔާރަތް ކުރުން ވަނީ އަންނަ މަހުގެ ނިޔަލަށް މަނާކޮށްފަ އެވެ.

ތައިލެންޑުން މިހާތަނަށް 3,028 މީހުން ޕޮޒިޓިވްވިއިރު 56 މީހުން މަރުވެފައިވެ އެވެ. ތައިލެންޑުން އިއްޔެ ތިން މީހުން ޕޮޒިޓިވްވިއިރު އޭގެ ކުރީ ދުވަހު އެއްވެސް މީހަކު ޕޮޒިޓިވްއެއް ނުވެ އެވެ.